Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޑޮނާޑް ގާމެންޓް ހުންނަ އިމާރާތުގައި ރޯވެ އަނދަނީ

ޑޮނާޑް ގާމެންޓް ހުންނަ އިމާރާތުގައި ރޯވެ އަނދަނީ

ޑޮނާޑް ގާމެންޓް ހުންނަ އިމާރާތުގައި ރޯވެ އަނދަމުން އެބަދެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ފަޔަރ އެންޑް ރެސްކިޔު ސާވިސަސް އަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު 4:49 ހާއިރު ކަމަށެވެ.

ރޯވެފައި ވަނީ ޑޮނާޑް ގާމެންޓް ހުންނަ އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ކަމަށް ވެސް އޮފިޝަލު މައުލޫމާތު ދެއްވިއެވެ.

Advertisement
Ooredoo — Square (box)

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމަށް އަދި މައުލޫމާތު ލިބިފައެއް ނުވެއެވެ.

https://twitter.com/MNDF_Official/status/1450798910436380674?s=20

އަލިފާންގަނޑު ނިއްވައިލާން މަސައްކަތް ކުރަމުން ދާއިރު، އެ އިމާރާތުގައި ދިރިއުޅޭ އެންމެން މިހާރު ވަނީ ނެރެ، އިމާރާތް ހުސްކޮށްފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އަދާހަމަ:

ރޯވި އަލިފާންގަނޑު ވަނީ ހަވީރު 5:09 ހާއިރު ނިއްވައިލެވިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް