ޚަބަރު

އަނިޔާ ކުރަން ފެށީ ރޭޕް ކުރި ވީޑިއޯއެއް ފެނުމުން: ރަހީނު ކުރުމުގެ ކުރިން ފުލުހުންނަށް އެތައް ފަހަރަކު މައްސަލަ ހުށަހެޅި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޝަހީދު ހުސެއިން އާދަމް ބިލްޑިންގް | މިމައްސަލައިގައި ފުލުހުންނަށް މީގެ ކުރިންވެސް އެތައް ފަހަރަކު މައްސަލަ ޖެއްސި ނަމަވެސް މައްސަލަ ބެލިފައެއް ނުވޭ.

އަންހެނަކަށް އަނިޔާ ކޮށްގެން ރޭ މެންދަމުގެ ވަގުތެއްގައި ހައްޔަރު ކުރި ފިރިހެން މީހާ، އެ އަންހެން މީހާއަށް އެންމެ ފުރަތަމަ އަނިޔާ ކުރަން ފެށީ ރޭޕް ވީޑިއޯއެއްގެ މައްސަލައެއްގައި ކަމަށް އަންހެން މީހާގެ އާއިލާއިން ބުނެފިއެވެ.

Ads by STELCO

ނަން ހާމަ ނުކުރުމަށް އެދި 19 އަހަރުގެ އެ އަންހެން މީހާގެ އާއިލާގެ މީހަކު ބުނީ، އަންހެން މީހާއަށް އަނިޔާ ކުރަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ކަމަށާއި އެންމެ ފުރަތަމަ އަނިޔާކޮށްފައި ވަނީ މީގެ ދެ އަހަރު ކުރިން ކަމަށެވެ.

"އެއިރު އެ ދެމީހުން އެއްކޮށް އުޅުނުއިރު، ފިރިހެން މީހާގެ ފޯނުން ފެނުނީ އެ ފިރިހެންމީހާއާ އެހެން ފިރިހެނުންތަކަކާ އެހެން އަންހެން ކުއްޖަކު ރޭޕް ކުރަމުން ނަގާފަ އޮތް ވީޑިއޯއެއް. އޭތި ފެނިގެން އެކަމާ ފިރިހެން މީހާއާ ކުރިމަތިލާފަ އަންހެން މީހާ ސުވާލު ކުރީ. އެކަމަކު އޭނަގެ މޫނުމަތީގައި ވަރަށް ބާރަށް ޖަހައި އެނދު މައްޗަށް ކޮށްޕާލީ. އެއިރު އަންހެން މީހާގެ ބޯ ވެސް ޖެހުނު ފާރުގައި. ބިން މައްޗަށް އެކޮޅުކޮޅުން ވައްޓާލާފަ ވެސް އަނިޔާކުރި. އެއިރު ފިރިހެން މީހާގެ މަންމަ ވެސް އެތަނުގައި ހުރި، އެއްވެސް އެއްްޗެކޭ ނުބުނޭ. އެ ދުވަހު އޭނަ އޮރިޔާން ކޮށްފައި ފިރިހެން މީހާގެ މާމަ ކުރިމައްޗަށް ވެސް އެއްލާލި. މި އަނިޔާތައް ކުރީ އެގޭގައި" ހާދިސާ ކިޔައިދިން މީހާ ބުންޏެވެ.

މައުލޫމާތު ދިން މީހާ އިތުރަށް ބުނީ އަންހެން މީހާ އޭގެ ފަހުން އެ ފިރިހެން މީހާއާ އޮތް ގުޅުން ކަނޑައިލި ކަމަށާއި އެހެން ނަމަވެސް އޭގެ ފަހުން ފާއިތުވީ ދެ އަހަރު ތެރޭގައި ވެސް އަންހެން މީހާއަށް އަނިޔާ ކުރަމުން ދިޔަ ކަމަށެވެ. އެ މައްސަލަ މީގެ ކުރިން ވެސް ފުލުހުންނަށް އެންގި ކަމަށާއި ނަމަވެސް ފުލުހުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުނު ވާހަކަ އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ރޭ ، އެ ފިރިހެން މީހާ ވަނީ ހުޅުމާލޭގައި ހުންނަ އެ އަންހެން މީހާގެ ގެއިން އޭނާ ރަހީނު ކޮށްގެން މާލެއަށް ގެންގޮސް އަނިޔާ ކޮށްފައި ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

"ފިރިހެން މީހާ ހުންނަނީ އޭނަ އަންނަ ގަޑީގައި މި އިމާރާތުގެ ކޮންމެވެސް ފްލޯއެއްގައި މަޑުކޮށްގެން. އޭނަ މައްޗަށް އަރާ ގަޑީގައި ތިރިން ފްލޯއަކުން ފިތާފަ ހުރިއްޔާ އެ ފްލޯއަކަށް ލިފްްޓު މަޑުކޮށްފައެއްނު މައްޗަށް އަރާނީ. އެގޮތަށް މަޑުކުރީމަ ލިފްޓަށް ވަދެފައި އަނިޔާ ކުރަނީ. ރޭގަ އެގޮތަށް ލިފްޓު ތެރެއިން އޭނަ އުރައިގެން ގަދަކަމުން ސައިކަލަށް އަރުވައިގެން މާލެ ގެންދިޔައީ އޭނަ ގެއަށް. ހެލްމެޓު ވެސް ނާޅާ ދިޔައީ. ގެއަށް ގެންދިޔަ ގޮތަށް އަންހެން މީހާ ގައިގައި ތަޅަން ފެށީ އެ ފިރިހެން މީހާގެ މަންމައާ މާމަ ކުރިމަތީގައި" މައުލޫމާތު ދިން މީހާ ބުންޏެވެ.

އަންހެން މީހާ ރަހީނު ކޮށްގެން ގެންދިޔުމުގެ ކުރިން އެ އާއިލާ މީހަކަށް ގުޅާފައި "ތިމަންނާ މިއޮށް ގެންދަނީއޭ" ބުނި ކަމަށް ވެސް އެ އާއިލާއިން މީހަކު ބުންޏެވެ. ނަމަވެސް އެ ހިސާބަށް ބުނި ތަނުން ފޯނު ކެނޑުނު ކަމަށާއި ފަހުން ނުގުޅުނު ކަަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

އަންހެން މީހާ ހޯދަން އެންމެ ފުރަތަމަ އެ އާއިލާއިން ގުޅީ ފިރިހެން މީހާގެ މަންމައަށެވެ. ނަމަވެސް އެ ގޭގައި ނެތޭ ބުނުމުން ދެން އެ އާއިލާއިން ނިންމީ އެ ގެއަށް ދާށެވެ. ދިޔައިރު ފިރިހެން މީހާގެ އާއިލާގެ މެމްބަރުން އަންހެން މީހާއާ ދިމާލަށް ހަޅޭލަވާ އަޑު އިވުނު ކަމަށް ބުންޏެވެ.

"ހުރެގެން ހަޅޭލަވާފައި ބުނީ އަނިޔާއެއް ނުކުރެޔޯ ކޮން ދޮގެއްހޯ ތިހަދަނީ. އެކަމަކު އަނިޔާ ކުރި ނިޝާންތައް ހުރި އަންހެންމީހާގެ ހަށިގަނޑުގައި" މައުލޫމާތު ދިން މީހާ ބުންޏެވެ.

މިހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައި ވަނީ އަންހެނަކު ރަހީނު ކުރިކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށާއި އެހެން ނަމަވެސް އުމުރުން 19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ރޭ 1:30 ހާއިރު ފުލުހުންނަަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ޒަމީރު

    މިހާާރު 19 އަހަރު . 2 އަހަރު ކުރިން ވެސް ލޯބިވެރިން. 18 އަހަރު ނުވަނީސް ލޯބިވެވޭތަ؟ އިންސާނާ ގެ ހިތުގައި ލޯބީގެ ޖަޒުބާތާ ޖިންސީ ޣަރީޒާ ހިނގަން ފަށާނީ އުމުރުން 18 ފުރޭ ރޭގެ މެންދަމު 12 ޖަހާއިރު ކަން ގާނޫނީ ގޮތުން އޮތީ ފާސްވެފަ . ދެން ކޮން 2 އަހަރު ކުރީގެ ލޯބިވެރިކަމެކޭ ކިޔާކަށް

    • ބޮޑު

      ކަލޭ ކަހަލަ ސޮޑުންނައް ނުފެންނާނެ އަނިޔާވެރިންގެ ކުށެއް.

    • ފުލަމިންގޯ

      ތި ފިރިހެން މީހާ ގެ މަންމަ ކުރިމަތީ ގައި ތީނަގެ އުފަން އަންހެން ދަރިޔަކަ ތިގޮތަށް ކަންތަ ދިމާވިމަ އެގޭނީ

    • ކަލޯ ކަލޭގެ އަންހެން ދަރިޔަކަށް މީހަކު އަނިޔާކުރީމަ ވާނެގޮއިށް އަނގޭތަ ..،؟ ކަލޭގެ ކޮއްކޮއަކަށް..؟

  2. ކުރުސީ

    މަންޖެމެން އަދިވެސް ގަދައަރުވާހަ ޕާޓޭންނާއެކީ ރޫމްތަކަށް ދެވޭތޯ ބަލާބެ

    • އަދިވެސް ގޯސްވާނީ އަންހެނުން. ދެން ހުރި ފިރިހެން މީހާއެ އަލިފެއް

    • ނަން

      ފިރިހެން މީހާ ކުއްވެރި ކޮއްބަލަ، ކިހާ ދެރަކަމެއްމީދެން. ތިކަހަލަ މީހުނާހެދި މިގޮތްމިވަނީ

  3. ޭއެދުރުބެ

    ޙުޅުމާލެއިން މާލެއަށް ސައިކަލެއްގައި ގަދަކަމުން އަރުވައިގެން ރަހީނުކޮށްގެން ގެނާކަމަށް، ސައިކަލެއްގައި އެކަނި އެކަކަށް މީހަކު ގަދަކަމުން ގެންދެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ.

    • ބޮޑު

      ސޮޑުންނަށް ގަބޫލެއް ނުކުރެވޭނެ އެހެން މީހަކަށް ގެއްލުމެއްވާނެކަމަކައް

  4. ގޮރޭ

    ހަމަ ޖަހާ ސަކަރާތެއް

  5. އަލީ

    ފިރިހެން މީހާގެ މަންމަގެ ނުބައިކަން ތި ކަމުގަ ވަރަށް ބޮޑުހެން ހީވަނީ

    • ޯއެބުނީ

      ސާހުރު ހާން އެހެން އުޅޭތީތަ އޭނަގެ ދަރި އެގޮތައް އުޅުނީ.ހަމަ އަހާލީ

  6. ދިދަ ދަނޑި

    ދެމަފިރިން ނޫނީޔާ އެއްކޮން ދިރިއުޅެންވީ ކީއްވެ… ކައިވެނި ނުކޮށް ހެއްދެވިހައި ނުބައިކަމެއް ކުރަންވީމަ އޯކޭދޯ…

    • އަހަރެން

      ގަބޫލު ކުރަން އުނދަގު . ކުރިން އެހެން ވީމަ ގުޅުން ކަނޑާލިއޯ. އެކަމް ވެސް ފަހުންވެސް އަނިޔާކުރަމުންނޯ އައީ. ގުޅުން ކަނޑާލިޔާ ކީއްކުރަން އެފިރިނާ ފަހަތުން އަނެއކާ ދިޔައީ. ކޮންމެވެސް ޑުރާމާއެއް ކޮޕީ ކުރަން އުޅެފަ އޮތް ވައްތަރު ޖަހަނީ. އަންގަބޫލެބަލް.

  7. މުންޖިޗޭ

    ހިންދީ ފިލްމެއްގެ މަންޒަރެއް ސިފަވެގެންހިގައްޖެއް. ރޭޕް، އަނިޔާ، ފުލުހަށް ރިޕޯޓްކުރުމުން އަޅާނުލުން، މިއީ ހިންދުސްތާނުގެ އާދަކާދަ. މިކަން ދިވެހިސްތާނުގައި ޢާންމުވެއްޖެ. ފިރިހެންކުއްޖާގެ ޢާއިލާގެ ކުރިމަތީގައި. އަޅާވެސްނުލާ ސާބަަސްދީ ހިތްވަރދެނީ. އިންސާނުންގެ ދަރަޖައިން ޖަނަވާރުންގެ ދަރަޖައަށްގޮސް ނިމިއްޖެ. ހިތާމައިގެ ކޮޅެއްވެސްނެތް.

  8. ހެހެހެ

    ތިޔަވައްތަރަށް ތެޅިފަ އަނިޔާގެ ވާހަކަ ދައްކާތީ ހައިރާންވޭ..ތާކުން ފިރެހެނަކުކ އެއް ލޯ މަރާލާއިރަށް ދެން އެވީ ތިމާމީ ދުނިޔޭގަ ހުރި އެންމެ ރީތި މީހާކަމަށް ގަބޫލުކޮށް އެ ފިރެހެނަކަށް ހެއްލިގަންނަން.. ބުނާހާ ގޮތެއްވެސް އެވީ ހަދަން..ދެން ހޭއަރާނީ އެ ފިރެހެނެއްގެ ހަގީގީ ސިފަދައްކާލީމަ..ރަނގަޅު މީހެއް ނަމަ ކޮންމެ ކޮންމެ ކަމެއް ނުވެސް ކުރާނެ..

  9. މުހައްމަދު

    ވަރަށް އަންގަބޫލުބުލް ވާހަކައެއް. ކަމެއް ފޮރުވަން އުޅޭހެން ހީވަނީ

  10. މަޖާ

    2 އަހަރު ކަންތައް ތިހެންވީ އިރު ކޮބާ އަންހެން ކުއްޖާގެ އާއިލާއިން އެ އަންހެން ކުއްޖާ އަށް ދެވުން ރައްކާތެރިކަމެއް. މާ އަވަހައް މާ ބޮޑަށް އިތުބާރު ކުރެވުނީމަ ވާނެ ގޮތް ތިޔައީ

    • ށަވިޔަނި

      މަޖާ ތިބުނީހަމަ ވަރަށްވެސް ރަނގަޅު ވާހަކައެއް

  11. ާއަހުމަދު

    ފުލުހހުން އަކީ ތިކިޔާ ކަހަލަ އަނިޔާވެރިންނަށް ހިމާޔަށް ދޭން ތިބި މީހުން