Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބޯޑަރ މައިލްސްގެ ބްރޭންޑް އެމްބެސެޑަރ ރާއްޖެ އަތުވެއްޖެ

ބޯޑަރ މައިލްސްގެ ބްރޭންޑް އެމްބެސެޑަރ ރާއްޖެ އަތުވެއްޖެ

މޯލްޑިވްސް ބޯޑަރ މައިލްސްގެ ބްރޭންޑް އެންބެސެޑަރ ޖޯސް އެންރިކް ރާއްޖެ އަތުވެއްޖެއެވެ.

ބޯޑަރ މައިލްސްގެ ފުރަތަމަ އެންބެސެޑަރ ޖޯސް، އެމްބެސެޑަރު ކަމުގައި ހަމަޖެއްސީ މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގައެވެ. މިއީ އޭނާ އެ މަޤާމަށް ހަމަޖެއްސި ފަހުން ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އެނގިފައިވާ ގޮތުގައި މިއީ ރާއްޖެ އިޝްތިހާރުކުރުމަށް އޭނާ ކުރާ ދަތުރެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޖޯސްއަށް ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އިމިގްރޭޝަން އަދި އެމްއޭސީއެލްގެ އިސްވެރިން ވަނީ މަރުހަބާ ކިޔައިފައެވެ.

Advertisement
Ooredoo — Truecaller (box)

މޯލްޑިވްސް ބޯޑަރ މައިލްސްއިން ބުނީ ޖޯސްގެ މި ދަތުރުގައި ބޯޑަރ މައިލްސް ޓީމާއެކު ވަރަށް ގާތުން ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތުގައި ބައިވެރިވާނެ ކަމަށާއި އެގޮތުން އޭނާއަށް ރާއްޖެއިން ކުރެވޭ ތަޖުރިބާއާއި ބޯޑަރ މައިލްސްގެ މެންބަރަކަށް ވުމުގެ ސަބަބުން ލިބޭ ފައިދާތައް ކިޔައިދީ ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށެވެ. ޖޯސް ބުނީ ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އޭނާއަށް އެންމެ ކަމުދާ އެއް މަންޒިލު ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް