Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ކުޅިވަރު

ކުޅުދުއްފުށި ސިޓީގެ އައު ޓާފް ދަނޑުގައި ފުރަތަމަ މެޗު ޤައުމީ ޓީމާއެކު

ކުޅުދުއްފުށި ސިޓީގެ އައު ޓާފް ދަނޑުގައި ފުރަތަމަ މެޗު ޤައުމީ ޓީމާއެކު

<strong>(ހދ.ކުޅުދުއްފުށިން)</strong> ހދ. ކުޅުދުއްފުށި ސިޓީގައި ފުޓްބޯޅައިގެ ފޯރި ވަރުގަދަ ކުރުމަށް އައު ޓާފް ދަނޑެއް މިއަދު ހުޅުވައިފިއެވެ.

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، ކުޅުދުއްފުށީގެ ޒުވާނުންނަށް ޓަކައި "ޒިގްޒެގް" ޓާފް ދަނޑުގެ ނަމުގައި، މި ދަނޑު މިއަދު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވުމަށް ޓަކައި މި ދަނޑުގައި ފުރަތަމަ "ކިކް-އޮފް" ޖެއްސެވީ ވެސް އެމަނިކުފާނެވެ.

[caption id="attachment_122153" align="alignnone" width="1280"]<img class="wp-image-122153 size-full" src="https://cdn.dhen.mv/wp-content/uploads/2021/10/IMG_20211023_172921_968.jpg" alt="" width="1280" height="960" /> ޓާފް ދަނޑު ހުޅުވައިދެއްވީ ރައީސް ޞާލިޙް[/caption]

Advertisement
HDC — Sidebar (box)

އައު ޓާފް ދަނޑެއް މިއަދު ކުޅުދުއްފުށީގައި ހުޅުވިފައިވާ އިރު، މި ދަނޑުގައި މިއަދު ހަވީރު ވަނީ ވަރަށް ފޯރިގަދަ ފުޓުބޯޅަ މެޗެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި މެޗުގައި ކުޅުދުއްފުށި ފުޓުބޯޅަ ޓީމާ ބައްދަލުކުރީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމެވެ.

މެޗް ފެށުމުގެ ކުރިން ނޫސްވެރިންނަށް ދިން ބަސްދީގަތުމެއްގައި ކުޅުދުއްފުށީ ޓީމުގެ ކޯޗު މުޙައްމަދު ދާވޫދު ބުނީ މިއަދުގެ މެޗަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމަށް މާގިނަ ވަގުތެއް ނުލިބުނު ކަމުގައި ވިޔަސް، ޤައުމީ ޓީމާ އެކު ފުރަތަމަ މެޗު ކުޅެން ލިބުމަކީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

[caption id="attachment_122154" align="alignnone" width="1024"]<img class="wp-image-122154 size-large" src="https://cdn.dhen.mv/wp-content/uploads/2021/10/20211023_173356-1024x768.jpg" alt="" width="1024" height="768" /> ކުޅުދުއްފުށި ޓީމުގެ ކޯޗު މުޙައްމަދު ދާވޫދް/ ދެން އިމޭޖްސް[/caption]

"ހަގީގަތަށް ބުނަންޏާ ތައްޔާރުވާން މާގިނަ ވަގުތެއް ނުލިބޭ ކުއްލިއަކަށް ކުޅެން ނިންމި މެޗެއް ވީމަ. ނަމަވެސް ޤައުމީ ޓީމާ އެކު ކުޅެން ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް. އެހެންވެ ވަރަށް ކިކުގައި ޓީމު މިއޮތީ" ކުޅުދުއްފުށީ ޓީމުގެ ކޯޗު ބުންޏެވެ.

ގިނަ ދުވަސްތަކަކަށް ފަހު ކުޅުދުއްފުށީގައި ޓާފް ދަނޑެއް ތަރައްޤީ ކޮށްދެއްވީތީ، ކޯޗު ވަނީ ރައީސް ޞާލިޙަށާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަޙްމަދު މަޙްލޫފަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް