ސަރުކާރު

ރާއްޖެއާއި އިންޑިއާއާ ދެމެދު މިހާރު އޮތީ އިހުނަށް ވުރެ ވެސް ވަރުގަދަ ގުޅުމެއް: މާރިޔާ

މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން

ރާއްޖެއާއި އިންޑިއާއާ ދެމެދު މިހާރު އޮތީ އިހުނަށް ވުރެ ވަރުގަދަ ގުޅުމެއް ކަމަށާއި އިންޑިއާއަކީ ރާއްޖެއިން ކޮންމެ ކަމެއްގައި ގޮވައިލި ނަމަވެސް އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމުކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by STELCO

މާރިޔާ މިހެން ވިދާޅުވީ އިންޑިއާގައި ކުރިއަށްދާ ޑިފެންސް ކޮންކްލޭވްގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

އެ މެސެޖުގައި މާރިޔާ ވަނީ، އިންޑިއާއާއިން ރާއްޖެއާ މެދު ބަހައްޓާ ގާތްކަމާއި އަދި އެހީއަށް އެދުމުން ހަލުވި ސްޕީޑުގައި ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

"ރާއްޖެއާއި އިންޑިއާގެ ގުޅުން އިހުނަށް ވުރެ މިހާރު މި ވަނީ ވަރުގަދަވެފައި. އެއީ ހަމައެކަނި ތާރީހާއި، ތަސައްވުރުގެ މައްޗަށް ބިނާވެފައި އޮތް ކަމެއް ނޫން. އިންޑިއާއަކީ ބޭނުން ޖެހިފައިވާ ކޮންމެ ދަނޑިވަޅެއްގައި ވެސް ރާއްޖޭގެ ފުރަތަމަ އަދި އެންމެ މޮޅު ރެސްޕޮންޑަރ" މާރިޔާ ވިދާޅުވިއެވެ.

2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާ، ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި، އިންޑިއާއިން ލިބުނީ މުހިއްމު އެހީތަކެއްކަން މިނިސްޓަރު ފާހަގަ ކުރައްވައިފައިވެއެވެ. އަދި މި ބަލިމަޑުކަމުގެ ތެރޭގައި އެންމެ ބޮޑު މާލީ އެހީއަކީ އިންޑިއާއިން ދިން އެހީކަމަށް ވިދާޅުވެ މާރިޔާ ޝުކުރު އަދާކުރެއްވިއެވެ.

ކޯވިޑުގެ އެހީތެރިކަމުގެ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިންޑިއާއިން ވަނީ ރާއްޖެއަށް 250 މިލިއަން ޑޮލަރުގެ މާލީ އެހީ ދީފައެވެ.

މީގެ އިތުރުން ޑިފެންސް މިނިސްޓަރު ވަނީ ރާއްޖޭގެ ތަރައްގީގެ ހުރިހާ ދާއިރާއަކުން އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ދިވެހި ރައްޔިތުންގެ ނަމުގައި އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރު އަދާކުރައްވައިފައެވެ.

އިންޑިއާ ރާއްޖެއާ އޮންނަ ގުޅުން ބަދަހިވެފައިވާ ކަމަށް މާރިޔާ ވިދާޅުވެފައިއިރު މި ފަހަކަށް އައިސް ރާއްޖޭގައި ހިންގާ ގިނަ މަޝްރޫއުތައް ހިންގަނީ އިންޑިއާގެ އެހީގައެވެ. މިކަންކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި ސަރުކާރާ އިންޑިއާ ދެމެދު އޮންނަ ގުޅުމުގެ ފަހަތުގައި ނުރަނގަޅު ކަންތައްތަކެއްވެއެވެ. އެގޮތުން އިންޑިއާއާ އެކު އަޑި ނޭނގޭ އެއްބަސްވުންތަކެއްގައި ސޮއިކޮށް ސަރުކާރުން ދަނީ ރާއްޖޭގެ މިނިވަންކަން ނުރައްކަލަށް ހުށަހަޅަމުންކަމަށް ވެސް އިދިކޮޅުން ބުނެފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވައިލާ ޕީޕީއެމް/ޕީއެންސީން ދަނީ ސިލްސިލާކޮށް މުޒާހަރާތައް ވެސް ބާއްވަމުންނެވެ.

Ads by HDC
  1. މުންޖިޗޭ

    ގުޅުމަކަށްވުރެބޮޑަށް އަޅުދާސްވެ، ދުވަހަކުވެސް ސަލާމަތްނުވެވޭ ދަރަޖައަށް ގޮސްފައި.

  2. ގެރިބޯ

    ގެރި މޯޑީގެ ގޮނޑިކޮއްކޮ މިތާހުރީ. އެކަލޭގެ އެއީ ބުދުފައްޅިއަށް ގޮސް ގެރިހީސް ބޮއެގެން ގެރިގުއި ގައިގަ އުނގުޅައިގެން އައިމަ މީހުންގެ ޖީބަށް ލާރި އަޅާފަ ވޯޓު ގަނެގެން ކާފަރު މޯޑީ ހޮވާފަ ހުރި މީހެއާ. އެހެންވީމަ ކަލޭމެން ތިބޭނީ ގެރިއަށް ސަޖިދަ ޖަހައިގެން. މިބުނީ ގެރި މޯޑީއަށް.

  3. ސޭޓު

    ލަދުހަޔާތް ކުޑަ އޮރިޔމާރިއޯ