ޚަބަރު ސަރުކާރު

ޒުވާނުންގެ އެވޯޑް: 10 ދާއިރާ އަކުން 10 ފަރާތަކަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން އިނާމް ހާސިލް ކުރިއަފާ ހުސެއިން.. ދެން އިމޭޖްސް

މިއަހަރުގެ ޒުވާނުންގެ އެވޯޑް 10 ދާއިރާއެއްގެ 10 ފަރާތަކުން ހާސިލް ކޮށްފިއެވެ.

Ads by STELCO

މިރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ޒުވާނުންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ ޒުވާނުންގެ އެވޯޑް އެފަރާތްތަކާއި ހަވާލުކޮށްދެއްވައިފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

ޒުވާނުންގެ އެވޯޑަށް 18 ދާއިރާއަކުން ނަން ހުށައެޅުމަށް ހުޅުވައިލި ނަމަވެސް އެވޯޑް ދީފައިވަނީ 10 ދާއިރާއަކުންނެވެ. މިގޮތުން  މިރޭ ޒުވާނުންގެ އެވޯޑް ދީފައިވާ ދާއިރާތަކަކީ ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާ، އާޓް އަދި ފަންނުވެރިކަމުގެ ދާއިރާ، ކުޅިވަރަށް ހިދުމަތްކުރުމުގެ ދާއިރާ، ދަރުމައަށް މަސައްކަތްކުރުމުގެ ދާއިރާ، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތް ކުރުމުގެ ދާއިރާ، ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާ އަދި ދިވެހިބަހާއި ޘަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއެވެ.

މިދާއިރާތަކުން އެވޯޑް ހާސިލް ކޮށްފައިވަނީ؛ ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިން ހއ. އުލިގަން ފަހިވާ، އަރުޝަދު އަޙްމަދުއާއި އާޓް އަދި ފަންނުވެރިކަމުގެ ދާއިރާއިން ކުޅުދުއްފުށި ސިޓީ ކޯނަރ،- ނާޒިމް ޙަސަނާއި، ކުޅިވަރަށް ހިދުމަތްކުރުމުގެ ދާއިރާއިން ވ. ކެޔޮދޫ ތިބުރޯޒުގެ- އަޙްމަދު ޢަބްދުލްކަރީމްއާއި،  ދަރުމައަށް މަސައްކަތްކުރުމުގެ ދާއިރާއިން ކުޅުދުއްފުށި ސިޓީ ޓޯޓަލްގެ،- ޢާއިޝަތު ޠާއިފާއާއި، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން ކުޅުދުއްފުށި ސިޓީ ޕާކް، ޢަފާ ޙުސައިންއާއި، މަސްވެރިކަމުގެ ދާއިރާއިން ލ.ގަން ތުނޑި ގުރުވަ ޢަބްދު ﷲ ޔަމާންއާއި ދަނޑުވެރިކަމުގެ ދާއިރާއިން އއ. ތޮއްޑޫ މިލާޒް، ޢަލީ ފަވާޒްއާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތް ކުރުމުގެ ދާއިރާއިން ދަފްތަރު ނަންބަރު ރސ 4356، މަރިޔަމް ސަހުދާއާއި، ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާއިން މ. މިޓްރީޕާރކް ޙަސަން ފަރުޙާން މުޙައްމަދު އަދި ދިވެހިބަހާއި ޘަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ހދ. މަކުނުދޫ ސެލްވިން އިއްޒަތު އަޙްމަދު ނިޒާރެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަމުން ގެންދަނީ ކުޅުދުއްފުށީ ސިޓީގައެވެ. މިދުވަހުގެ ހާއްސަ ޖަލްސާއަށް ރައީސުލް ޖުމްހޫރިއްޔާއާއި ދައުލަތުގެ ވެރިން ވަނީ އެސިޓީ އަށް ވަޑައިގަންނަވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!