Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭގޮތުން ރައީސް ޞާލިޙާއި ނަޝީދު ފުރަތަމަ ފަހަރަށް މަޝްވަރާ ކުރައްވައިފި

ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭގޮތުން ރައީސް ޞާލިޙާއި ނަޝީދު ފުރަތަމަ ފަހަރަށް މަޝްވަރާ ކުރައްވައިފި

ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުން އަންނަ ރިޔާސީ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، މިކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން އަންނަ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު، ރަސްމީކޮށް މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

އެނގިފައިވާ ގޮތުގައި މި މަޝްވަރާތައް ކުރައްވައިފައި ވަނީ، ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

ރައީސް ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ފާހަގަ ކުރައްވައިފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ގޮތުންނާއި، ރާއްޖޭގެ އިގްތިސާދާ ބެހޭ ގޮތުންނާއި ، ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން، އަދި ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުންނެވެ.

Advertisement
Allied Insurance — Square (box)

ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ރައީސް އޮފީހުން އަދި ހާމަ ކުރައްވައިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް