Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދަރުބާރުގެ ތަޅައިލައި އެތަނުގައި އައު އިމާރާތެއް އަޅަނީ

ދަރުބާރުގެ ތަޅައިލައި އެތަނުގައި އައު އިމާރާތެއް  އަޅަނީ

ދަރުބާރުގެ ތަޅައިލައި އެތަނުގައި އައު އިމާރާތެއް އައު އިމާރާތެއް އަޅަން ޕެލޭނެއް ހަދަމުންދާ ކަމަށް ޕްލޭނިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

1990 ވަނަ އަހަރު ބިނާ ކުރި ދަރުބާރުގެއަކީ އެއް ދުވަސްވަރެއްގަައި މާލޭގައި ހުރި އެންމެ ރީތި ބިނާއެވެ.

ނަމަވެސް މިހާރު އެތަނުގައި ވަނީ ދަބަރު ޖަހައި ސީލިންގު ނެއްޓި ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ކަންބޮޑުވުން ވެސް ފާޅުކުރައްވައިފައި ވެއެވެ.

Advertisement
Ooredoo — Square (box)

ދަރުބާރުގެ މަރާމާތު ކުރަނީ ކޮންއިރަކުންތޯ އޮންލައިން ނޫހަކުން ސުވާލު ކުރުމުން އަކްރަމް ކަމާލުއްދީން ވިދާޅުވީ، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެ އިމާރާތުގައި ކުރާ މަސައްކަތް ނިމުމުން އެތަން ތަޅައިލާން ނިންމައިފައިވާ ކަމަށެވެ. އަދި އެތަނުގައި ދަރުބާރު ގެއެއް އަލުން އަޅަން ޕްލޭންތައް ހަދަމުންދާ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް