Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސަމާލުވޭ! އެހީއަށް އެދޭ މީހުންގެ ބައެއް މައުލޫމާތު ބޭނުން ކޮށްގެން އޮޅުވައިލައިގެން ފައިސާ ހޯދަނީ!

ސަމާލުވޭ! އެހީއަށް އެދޭ މީހުންގެ ބައެއް މައުލޫމާތު ބޭނުން ކޮށްގެން އޮޅުވައިލައިގެން ފައިސާ ހޯދަނީ!

މަކަރާއި ހީލަތުން ފައިސާ އަތުލުމަކީ ދިވެހީންގެ ތެރޭގައި ވެސް ބަޔަކު ވަރަށް ހުޝިޔާރުކަމާއެކީ ކުރަމުން އަންނަ ވަރަށް ނޭދެވޭ ކަމެކެވެ.

މިގޮތަށް ފައިސާ ހޯދުމަށް އެކިއެކި މީހުން އެކި އުކުޅު ބޭނުން ކުރާއިރު، މިފަހަކަށް އައިސް ފެންނަނީ އެހެން މީހުންގެ ބޭނުން ހިފައިލައިގެން މިފަދައިން އޮޅުވައިލައިގެން ފައިސާ ހޯދަން މަސައްކަތް ކުރާ ތަނެވެ.

އެގޮތުން މިފަހަކަށް އައިސް ފެންމަތިވެފައި ވަނީ، ބަލި ހާލަތާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުން އެހީ ހޯދުމަށް ޖަހައިފައިވާ ޕޯސްޓުތައް އެޑިޓު ކޮށްގެން، ނުބައި އެކައުންޓު ނަންބަރެއް ޖަހައި، ބަލި މީހުންގެ ނަމުގައި މަކަރާ ހީލަތުން ފައިސާ ހޯދުމަށް މަސައްކަތް ކުރާ ތަނެވެ.

Advertisement
HDC — Sidebar (box)

މިކަން ބައެއް ބަލި ފަރާތްތަކަށާއި އެފަރާތްތަކުގެ އާއިލާގެ ވެސް ސަމާލުކަމަށް އައިސް، މިކަންކަމާ މެދު ސަމާލުވުމަށް ވަނީ މީސް މީޑިއާގައި އެދިފައެވެ.

މިފަދަ ޕޯސްޓްތަކަށް ހޭދަކުރުމުގެ ކުރިން އެކައުންޓް ނަމްބަރު ވެރިފައިކޮށް ޗެކްކުރުމަށް އެފަރާތްތަކުން ވަނީ އެދިފައެވެ.

ޒަމާނީ ގޮތްގޮތަށް މިފަދައިން މީހުން އަތުން ފޭރޭ މީހުން ނުވަތަ އޮޅުވައިލައި މީހުން ގިނަވާ ކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. އަދި މިއީ ސަރުކާރާއި ކަމާ ބެހޭ މުއައްސަސާތަކުން ވެސް، ފިޔަވަޅު އެޅުން މުހިންމު ކަމެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް