ޚަބަރު

ފުޓްބޯޅަ ކުޅެން ހުއްޓައި ފުލުހަކު ކުއްލި ގޮތަކަށް ވެއްޓި ނިޔާވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޗީފް އިންޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަދީމް/ ފޮޓޯ: މިހާރު

ބ. އޭދަފުށީގައި ފުޓްބޯޅަ ކުޅެން ހުއްޓައި ފުލުހަކު ކުއްލި ގޮތަކަށް ވެއްޓި ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި އޭދަފުށީގައި ބޯޅަ ކުޅެން ހުއްޓައި ހާޓް އެޓޭކެއް ޖެހި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ، ޗީފް އިންޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަދީމްއެވެ.

އިންސްޕެކްޓާ ނަދީމް ނިޔާވީ އިއްޔެ ބ.އޭދަފުށީގައި ބޯޅަ ކުޅެން ހުއްޓައި ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހި ފަރުވާ ދިނުމަށް މާލެ ގެނެސް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އޭދަފުށިން "ދެން"އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ. ނަދީމަކީ ނ، ރ، ބ އަދި ޅ. އަތޮޅަށް ކަނޑައަޅައިފައި ހުންނަވާ ކޮމާންޑަރެވެ.

އެނގިފައިވާ ގޮތުގައި ނަދީމްގެ ހާލު ސީރިއަސްވެ ނޭވާ ނުހިފަހައްޓާތީ ވެންޓިލޭޓަރުގައި ވެސް ފަރުވާ ދީފައިވެއެވެ.

އިންސްޕެކްޓަރ ނަދީމްގެ މަރާ އެކު ފުލުހުންގެ މުއައްސަސާގެ ދިދަ ބައި ދަނޑިއަށް ތިރި ކުރުމަށް ސީޕީ މުޙައްމަދު ހަމީދު ވަނީ އަންގަވައިފައެވެ. އަދި މިހިތާމައި ފުލުހުންގެ މުއައްސަސާގެ ގިނަ އޮފިސަރުންނާއި، އެކި ރޭކްތަކުގެ ފުލުހުން ދަނީ ހިތާމައިގައި ބައިވެރިވެ ތައުޒިޔާ ދަންނަވަމުންނެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Ooredoo
  1. ށަވިޔަނި

    އިންނާލިއްލާހި ވައިންނާއިލައިހި ރާޖިޢޫން