Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޓެކްސީ ޑްރައިވަރަކަށް ވަޅިން ބިރު ދައްކައި ފައިސާތަކެއް ފޭރިގެންފި

ޓެކްސީ ޑްރައިވަރަކަށް ވަޅިން ބިރު ދައްކައި ފައިސާތަކެއް ފޭރިގެންފި

ހުޅުމާލެއަށް ދާންކަމަށް ބުނެ ކާރަށް އެރި ދެ މީހަކު އެ ކާރުގެ ޑްރައިވަރަށް ވަޅިން ބިރު ދެއްކުމަށް ފަހު ފައިސާތަކެއް ފޭރިއްޖެއެވެ.

ފުލުހުން ވިދާޅުވީ މަޖީދީމަގުން ހުޅުމާލެއަށް ދާން ޓެކްސީއެއް ނެގި ދެ މީހަކު ޓެކްސީ ޑްރައިވަރަށް ވަޅިން ބިރުދައްކައި ފައިސާ ފޭރުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

ފުލުހުން ވިދާޅުވީ، ޓެކްސީ ޑްރައިވަރު އަތުން 700 ރުފިޔާ ފޭރުމަށް ފަހު އެމީހުން ވަނީ ޓެކްސީން ފައިބައިގެން ގޮސްފައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު އަދި ހައްޔަރެއް ކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ ގޮތުގައި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް