ސިޔާސީ

މަސައްކަތް ކުރާނީ ބަރުލަމާނީ ނިޒާމް ގެންނަން، ރައީސް ކަމަށް ވާދަ ކުރިޔަސް ކުރާނީ އެ ނިޔަތުގައި: ރައީސް ނަޝީދު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ރައީސް ޞާލިޙް އަދި ރައީސް ނަޝީދު

ރާއްޖޭގައި ސިޔާސީކަމެއްގައި ބައިވެރިވެވަޑައިގަންވާނީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމުގެ ނިޔަތުގައި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ"އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި ޤާނޫން އަސާސީ ބިނާވެފައި އޮތީ ބަރުލަމާނީ ހިންގުމުގެ ނިޒާމްގެ ތެރެއިން ކަމަށާއި ރާއްޖޭގެ ފެހި ޤާނޫން އަސާސީ އެކުލަވައިލީ ވެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަން ހިންގަން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ޤާނޫން ބައްޓަންކޮށްފައި އޮއްވާ، ރާއްޖޭގައި ރިޔާސީ ނިޒާމަކަށް ޖާގަ ދެއްވީ ރައީސް މައުމޫން ކަމަށެވެ.

"ފެންނަ ނުފެންނަ ވޯޓެއް ނަގާ އޭރު ރިޔާސީ ނިޒާމަކަށް ޖާގަ ދިނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ރިޔާސީ ނިޒާމެއް ހިންގަމުން އަންނަތާ މިއީ 13 ވަނަ އަހަރު ކަމަށާއި ފާއިތުވި ދިޔަ ދުވަސްތަކުގައި ވެރިކަމުގެ ނިޒާމުގައި ފުށޫއެރުންތަކެއް އެބަހުރިކަން ހާމަވެފައިވާ ކަމަށެވެ.

"އަޅުގަނޑު މި ހުށަހަޅަނީ، އަޅުގަނޑުމެންނަށް ބާރުތައް ޕާލިމަންޓާއި މިނިސްޓަރުންނަށް ހިއްސާ ކުރެވޭނެ އުސޫލެއް. އަދި ދެ ޕަވަރު ސެންޓަރު ނޯންނާނެ އުސޫލެއް. އޭރުން ވެރިކަން ތަރުތީބުކުރެވި، އޮމާންވެގެން ދާނެ،" މަޖިލީހުގައި އިންނަވާ ދެއްވި ވީޑިއޯ އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ގޮވައިލައްވަނީ މި ފުށުއެރުންތައް ނައްތައިލާ، ގާނޫނު ހަދާ މަޖިލީހާއި ވެރިކަން ހިންގުމުގެ ބާރާ ދެމެދު ބާރުތައް ހިއްސާކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. އަދި ވިދާޅުވީ، އެކަން ކުރުމަށް މިހާރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއާ ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށާއި ރައީސް ޞާލިޙްގެ ވިސްނުންފުޅު ވެސް ހުރީ އެންމެންނަށް އެއްބަސްވެވޭ ގޮތަކަށް ކަންތައްތައް ނިންމައި، ޤާނޫނަށް ބަދަލު ގެންނަން ޖެހޭ ހާލަތުގައި ވެސް އެކަން ކުރުމަށް ކަމަށް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!