ސިޔާސީ

ރައީސް ޔާމީން މިނިވަން ނުކުރަނީސް އިދިކޮޅުން ރައީސް ނަޝީދާއެކު މަޝްވަރާ ކުރާކަށް ބޭނުމެއް ނުވި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެންބަރުންނާ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ، މިއަދު ބައްދަލު ކުރެއްވުމުން، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިނިވަން ކުރުމުން ނޫނީ މަޝްވަރާ ނުކުރައްވާނެ ކަމަށް ވިދާޅުވެފައިވާކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ކުރެއްވި ޓްވީޓެއްގައި އާދަމް ޝަރީފް ވިދާޅުވީ، ސިޔާސީ އެއްވެސް މަޝްވަރާއެއް ކުރާނީ ރައީސް ޔާމީން މިނިވަން ކުރުމުން ކަމަށް ރައީސް ނަޝީދަށް ދެންނެވި ކަމަށެވެ.

"މިއަދު މަޖިލިސްގައި ރައީސް ނަޝީދު މީޓް ކުރެއްވުމުން، ސިޔާސީ އެއްވެސް މަޝްވަރާއެއް ކުރަަން މީޓް ކުރާނީ އޮޕޮޒިޝަން ލީޑަރު އަދި 2023ގެ އޮޕޮޒިޝަން ކެނޑިޑޭޓް ރައީސް ޔާމީން މިނިވަން ކުރުމުން ކަމަށާއި ރައީސް ޔާމީންއާ ނުލާ އެއްވެސް މަޝްވަރާއަކަށް ނުވަތަ މީޓިންއަކަށް ނުދާނެ ކަމަށް ދެންނެވިން" އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ، ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާއިރު އެ މަނިކުފާނުގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް ވެސް އުފުލައިފައެވެ. ރައީސް ޔާމީން މިވަގުތު ހުންނެވީ، ގޭ ބަންދުގައެވެ.

ރައީސް ނަޝީދު އިދިކޮޅު ފަރާތްތަކާ ކުރައްވަން ނިންމެވީ ކޮން މަޝްވަރާއެއް ކަމެއް އިދިކޮޅުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން "އިންޑިއާ މިލިޓަރީ އައުޓް"ގެ ނަމުގައި އިދިކޮޅުން ހިންގާ ކެންޕެއިން ހުއްޓައިލުމަށް އިދިކޮޅުގައި އެދޭނެ ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ"އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

  1. ދިވެހި ރައްޔިތުން

    އިންޑިޔާ އައުޓު