Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފްލެމިންގޯއަކަށް ފަރުވާ ދެނިކޮށް މަރުވެއްޖެ

ފްލެމިންގޯއަކަށް ފަރުވާ ދެނިކޮށް މަރުވެއްޖެ

ރާއްޖެއަށް ހިޖުރަކުރި ފްލެމިންގޯއަކަށް ފަރުވާ ދެނިކޮށް މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ނ. ކެނދިކުޅުދޫއަށް ޒިޔާރަތްކުރި ފްލެމިންގޯ (ގުޑުގުޑާދޫނި) އެކެވެ.

މިކަމާ ގުޅޭ ގޮތުން "ދެން" އަށް މައުލޫމާތު ދެމުން ކެނދިކުޅުދޫގެ ރައީސް މުޙައްމަދު ރައޫފް ވިދާޅުވީ އެ ފްލެމިންގޯ މަރުވީ މިއަދު އިރުއޮއްސި 5:57ގައި ކަމަށެވެ.

Advertisement
HDC — Sidebar (box)

"ކައުންސިލަށް ރިޕޯޓު ކޮށްފަ އިން، މިއަދު މެންދުރުގެ ވަގުތަކުން ފެށިގެން މި ދޫނި މޫދުގެ ރާޅުތަކުގެ ތެރޭގައި ހާލު ދެރަވެފަ އިން ވާހަކަ. މަނާ ކޮށްފަ އިން އެއްޗެއް ވީމަ އަޅުގަނޑުމެންނަށް އަތް ލާކަށް ނުކެރޭ. ދެން އީޕީއޭއާ ވެސް ވާހަކަ ދެއްކީ އޭތި ރައްކާތެރި ސަރަހައްދަކަށް ގެންދަން ހުއްދައެއް ދޭތޯ. ފުރަތަމަ ބުނީ އޭތީގެ މާހައުލުގައި އުޅެން ބައިންދާށޭ. ފަހުން ރާޅަކާ އޮޅައިލައިގެން އޭގެ ވަރަށް ހާލު ދެރަވި. ދެން އީޕޭއީއިން ބުނީ ކުޅީ ސަރަހައްދަން ގެންދަން. އޭގެ ރައްކާތެރި މާހައުލަށް ވަނީ ކުޅި. އެ މާހައުލަށް އޭތި ގެންގޮސް އެތަނުގައި އޭތި އޮއްވާ ނިޔާވީ" ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުޙައްމަދު ރައޫފް ވިދާޅުވިއެވެ.

[caption id="attachment_122693" align="alignnone" width="1080"]<img class="wp-image-122693 size-full" src="https://cdn.dhen.mv/wp-content/uploads/2021/10/FB_IMG_1635186086361.jpg" alt="" width="1080" height="719" /> ކެނދިކުޅުދޫން މަރުވި ފްލެމިންގޯ/ ފޮޓޯ: ފޭސްބުކް[/caption]

މަރުވި ފްލެމިންގޯ މިވަގުތު އޮތީ ފިނިކޮށްފައި ބާއްވާފައި ކަމަށާއި އެ ދޫނީގެ ޓެސްޓެއް ހަދަން މާދަމާގެ ވަގުތެއްގައި ނައިފަރުން ބަޔަކު ދާނެ ކަމަށް އީޕީއޭއިން ބުނި ކަމަށް ވެސް ރައޫފް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް