ސިޔާސީ

އަދުރޭގެ ރައްދު ނާޒިމަށް: ރައީސް ޔާމީނާއެކު މަސައްކަތް ނުކުރާ ޕާޓީއަކާއެކު ޕީޕީއެމްއަކުން މަސައްކަތެއް ނުކުރާނެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާ އެކު މަސައްކަތް ކުރަން ބޭނުންނުވާ ޕާޓީއަކާ އެކު ޕީޕީއެމް އަދި ޕީއެންސީ މަސައްކަތް ނުކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު، ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިއަދު މޯލްޑިވްސް ނޭޝަނަލް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ވަގުތީ ރައީސް އަަޙްމަދު ނާޒިމް ވިދާޅުވީ، އެ ޕާޓީގެ އަސާސްތައް ޤަބޫލު ކުރާ ޕާޓީގެ މެންބަރުންނާ އެކު މަސައްކަތް ކުރަން އެންއެންޕީ އޮތީ ތައްޔާރަށް ކަމަށެވެ. އަދި ޕީޕީއެމްގެ މެންބަރުންނާ އެކު މަސައްކަތް ކުރަން ތައްޔާރު ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީން އަބްދުލްޤައްޔޫމާއެކު މަސައްކަތް ނުކުރައްވާނެ ކަމަށެވެ. ނާޒިމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ނާޒިމް މިނިސްޓަރުކަމުން ދުރުކުރީ، އެމަނިކުފާނު ދިރިއުޅުއްވާ ގެއިން ފިސްތޯލެއް ފެނުމާ ގުޅިގެންނެވެ.

މިއަދު ނާޒިމް ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން "ދެން"އިން އަދުރޭއާ ސުވާލު ދެންނެވުމުން ވިދާޅުވީ، ޕީޕީއެމް އަދި ޕީއެންސީއަކީ ރައީސް ޔާމީންގެ ދެ ޕާޓީ ކަމަށާއި އެ ޕާޓީގެ ފިކުރަކީ ރައީސް ޔާމީންގެ ފިކުރު ކަމަށެވެ. މިހެންކަމުން، ރައީސް ޔާމީނާ އެކު ސިޔާސީ މަސައްކަތް ނުކުރައްވާ ބޭފުޅަކާއެކީ ނުވަތަ ޕާޓީއަކާ އެކީ ޕީ.ޕީ.އެމް/ޕީ.އެން.ސީއަކުން މަސައްކަތެއް ނުކުރާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރައީސް ޔާމީނަށް ނުޙައްޤުން އަނިޔާ ލިބެމުންދާއިރު، އަނިޔާ ދިނުމަށް ވާގިވެރިވާ އެއްވެސް ފަރާތަކާއެކު މަސައްކަތް ކުރަން ޕީޕީއެމްއިން ބޭނުން ނުވާ ކަމަށެވެ.

"އެެހެންވީމަ ރައީސް ޔާމީނަށް ނުޙައްޤުން އަނިޔާ ދެމުންދާއިރު، އެމްޑީޕިއަކާވެސް، އަދި ރައީސް ޔާމީނަށް އަނިޔާވެރިވުމަށް ވާގިވެރިވާ އެއްވެސް ފަރާތަކާއެކު ވެސް ޕީޕީއެމްއަކުން މަސައްކަތެއް ނުކުރާނެ" އަދުރޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެންބަރުންނާ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ، މިއަދު ބައްދަލު ކުރެއްވުމުން، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުން ނޫނީ މަޝްވަރާ ނުކުރައްވާނެ ކަމަށް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ވެސް ވަނީ ބުނެފައެވެ.

Ads by HDC
  1. ޢަލީ ×

    “ޕީޕީއެމް އަދި ޕީއެންސީއަކީ ރައީސް ޔާމީންގެ ދެ ޕާޓީ ކަމަށާއި އެ ޕާޓީގެ ފިކުރަކީ ރައީސް ޔާމީންގެ ފިކުރު ކަމަށެވެ. މިހެންކަމުން، ރައީސް ޔާމީން ރައީސް ޔާމީނާއި އެކު ސިޔާސީ މަސައްކަތް ނުކުރައްވާ ބޭފުޅަކާއެކީ ނުވަތަ ޕާޓީއަކާ އެކީ ޕީ.ޕީ.އެމް/ޕީ.އެން.ސީއަކުން މަސައްކަތެއް ނުކުރާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރައީސް ޔާމީނަށް ނުޙައްޤުން އަނިޔާ ލިބެމުންދާއިރު، އަނިޔާ ދޭ އެއްވެސް ފަރާތަކާއެކު މަސައްކަތް ކުރަން ޕީޕީއެމްއިން ބޭނުން ނުވާ ކަމަށެވެ.” ސާބަސް ސާބިތު ކަމާއި އެކު ބާރަށް ކުރިޔަށް.

  2. ސާބަހޭސާބަހޭ ޕީޕީއެމް ޕީއެންސީ ސާބަހޭ ސާބަހުން ސާބަހޭ
    ތިޔަގޮތަށް ސާބިތުކަމުގައި ހިފަހައްޓތި

  3. މުޖުތާޒު

    ނާޒިމު ހަމައެއްމެ ރަގަޅީ ކެނެރީގޭ ނަޝީދު އާއެކު މަސައްކަތް ކުރުން ހަމަކަށަވަރުން ބަރުލަމާނީ ނިޒާމަށް ނާޒިމު ތާއީދުކުރާނެ އެކަމަކު ނާޒިމު ބައާވާތެށް ނުކުރާނެ އަންނީގެ ވެރިކަން ވެއްޓުނު ދުވަހުވެސް އެކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮއްއެގޭނެ ނަޒިމް ބަޢާވާތެށްނުކުރާނެކަން

  4. ކަދުރު

    ޕީޕީ އެމްއަކީ ޔާމީނުގެފިކުރެއްނޫން ޕީއޭ އާއި ޕީއެންސީ އަކީ ޔާމީނު ފިކުރު އަދުރޭ ކިތަންމެ ވަރަށް އޮޅުވާލަން އުޅުނަސް އެކަމެއްނުވާނެ ޕީޕީއެމް ފޭރިގަތީ ކޯޓްތަކަށް ޔާމީނުގެ ދިގުއަތްބާނާގެން ބޮޑުވެގެންވާ ހަރާމް ހުކުމެއް ކޮށްގެން ވަރަށް ވަރަށްސާފް ހުރިހާރަށްޔިތުން މިކަން ދަންނާނެ

  5. ފިސްތޯލަ ޕާޓީ