ކުޅިވަރު ފުޓްބޯޅަ

އޭއެފްސީ ކޮލިފައިން: ފުރަތަމަ މެޗުން ބޮޑު ތަފާތަކުން ރާއްޖެ ބަލިވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: ޓްވިޓާ

އަންނަ އަހަރު އުޒްބަކިސްތާނުގައި އޮންނަ އޭއެފްސީ އަންޑަރ 23 ކަޕުގެ ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

Ads by MWSC

މިއަދު އިރުއޮއްސުނުއިރު ބަހްރޭންގައި ކުޅުނު މެޗުގައި އިރާގާ ބައްދަލުކޮށް ރާއްޖެ ބަލިވެފައި ވަނީ 4-0ގެ ނަތީޖާއަކުންނެވެ.

އޭފްސީ އަންޑަރ 23 ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕުގައި ދެން ހިމެނެނީ ބަހްރޭންއާއި އަފްގާނިސްތާނެވެ. ކޮލިފައިންގެ މެޗުތަކަށް ފަހު އޭއެފްސީއަށް ކޮލިފައި ވާނީ ކޮންމެ ޓީމަކުން ވެސް އެއްވަނަ ޓީމެވެ. މީގެ އިތުރުން ކޮންމެ ގުރޫޕަކުން ދެވަނައަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ މޮޅު ހަތަރުޓީމު ވެސް ކޮލިފައިވާނެއެވެ.

ޖުމްލަ 42 ގައުމަކުން ވާދަ ކުރާ އޭއެފްސީ ކަޕުގެ ކޮލިފައިންގައި ވާދަކުރާއިރު މި 42 ގައުމު ވަނީ 11 ގުރޫޕަކަށް ބަހައިލައިފައެވެ. މީގެ ތެރޭގައި ހިމެނެނީ ވެސްޓް، ސެންޓްރަލް އަދި ސައުތު އޭޝިޔާގެ 23 ގައުމަކާއި އީސްޓް އަދި އާސިއާންގެ 19 ގައުމެއްގެ ޓީމުތަކެވެ. ކޮލިފައިންގެ މެޗުތައް ޖުމްލަ 10 ގައުމެއްގައި ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ ގަތަރާއި ތަޒަކިސްތާނާއި ބަހްރޭންއާއި އުޒްބަކިސްތާނާއި ޔޫއޭއީގެ އިތުރުން ޖޯޑަންއާއި ސިންގަޕޫރާއި ކިރުގިސްތާން މޮންގޯލިއާއާއި ޖަޕާނެވެ. މީގެ ތެރެއިން ތަޒަކިސްތާނުގައި 2 ގުރޫޕެއްގެ ކޮލިފައިން މެޗުތައް ކުޅޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!