Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

1،000 އަށް ވުރެ ގިނަ މީހުން ބޫސްޓާ ޑޯޒް ޖަހައިފި

1،000 އަށް ވުރެ ގިނަ މީހުން ބޫސްޓާ ޑޯޒް ޖަހައިފި

ކޮވިޑް-19ގެ އާލަމީ ވަބާއިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ތިންވަނަ ޑޯޒް (ބޫސްޓާ ޑޯޒް) 1000އަށް ވުރެ ގިނަ މީހުން ޖަހައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ މިހާތަނަށް 1577 މީހަކަށް ބޫސްޓާ ޑޯޒް ދީފައިވާ ކަމަށެވެ.

އެޗްޕީއޭއިން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މީހާތަނަށް 394،099 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ހަމަކޮށްފައިވެއެވެ. އަދި 354،759 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ.

Advertisement
HDC — Sidebar (box)

ކޮވިޑުން ރައްކާތެރިވުމަށް ބޫސްޓާ ޑޯޒް ޖަހަން ޖަހަން ފަށައިފައި ވަނީ މި މަހުގެ ހަތަރަކުން ފެށިގެންނެވެ. ބޯސްޓާ ޑޯޒްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.

ބޫސްޓާ ޑޯޒް ދެނީ 60 އަހަރުން މަތީގެ މީހުންނަށާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށާއި ފްރަންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުންނަށް އެކަންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް