Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދިއެފްއެމްގެ ކުރީގެ ސީއީއޯއަށް ހަމަލާދިން ކަމަށް ތުހުމަތުކުރާ މީހާ ޝަރީޢަތް ނިމެންދެން ބަންދަށް

ދިއެފްއެމްގެ ކުރީގެ ސީއީއޯއަށް ހަމަލާދިން ކަމަށް ތުހުމަތުކުރާ މީހާ ޝަރީޢަތް ނިމެންދެން ބަންދަށް

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދިން ކަމަށް ތުހުމަތުކުރާ މީހާ ޝަރީޢަތް ނިމެންދެން ބަންދު ކުރަން ހައިކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، މަސްއޫދު ސައިކަލެއްގައި ދަނިކޮށް އެހެން ސައިކަލެއްގައި އައި މީހަކު ވަނީ އޭނާއަށް ހަމަލާދީ، އެތަނުން ފިލައިފައެވެ.

އޯގަސްޓް މަހުގެ ތިންވަނަ ދުވަހުގެ ރޭ 9:13 ހާއިރު ލ. ފޮނަދޫގައި ހިނގި މި ހާދިސާއާ ގުޅިގެން، މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި އެރޭ ދަންވަރު 2:18 ހާއިރު ހައްޔަރު ކޮށްފައި ވަނީ ލ. ފޮނަދޫ ދިލްކުސާގޭ އަޙްމަދު ޝަމީމް (36އ.)އެވެ.

Advertisement
Allied — Dhen Online (box)

މި މައްސަލަގައި ޝަމީމް ހައްޔަރު ކުރި ނަމަވެސް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ފަހުން ވަނީ އޭނާ ދޫކޮށްލައިފައެވެ. ޝަމީމް ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ކުރިން ނިންމީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ޝަމީމްގެ ބަންދާ ގުޅޭ ގޮތުން، އަލުން ގޮތެއް ނިންމުމަށެވެ.

ނަމަވެސް އެ އަމުރަށް ފަހު ވެސް ޝަމީމް ބަންދުކޮށްފައި ބަހައްޓަންވީ ސަބަބެއް ނެތް ކަމަށް މެޖިސްޓްރޭޓް ކޯޓުން ނިންމުމުން ދެވަނަ ފަހަރަށް ވެސް މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެހެންކަމުން އިއްޔެ ހައިކޯޓުން ނިންމީ ޝަރީޢަތް ނިމެންދެން އޭނާ ބަންދު ކުރުމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް