ޚަބަރު ސިޔާސީ

މައްސަލަ އުޅެނީ ވެރިކަމުގެ ނިޒާމަކު ނޫން، ޤާނޫނުތައް ތަންފީޛުކުރުމުގައި:ޑރ. އަނާރާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މައްސަލަ އުޅެނީ ވެރިކަމުގެ ނިޒާމަކު ނޫން ކަމަށާއި މައްސަލަ އުޅެނީ ޤާނޫނުތައް ތަންފީޛުކުރުމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ. އަނާރާ ވިދާޅުވީ ގާނޫނުތައް ތަންފީޛުކޮށް އިޞްލާޙުކުރުމުގެ ބަދަލުގައި ސިޔާސީ ގޮތުން ނިޒާމު ބަދަލު ކުރާ ވާހަކަ ތާއަބަދު ދެއްކުން މިއީ މިއަދު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކުރިއެރުވުމަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށެވެ.

"މައްސަލަ އުޅެނީ ވެރިކަމުގެ ނިޒާމަކު ނޫނެވެ. ޤާނޫނުތައް ތަންފީޛުކުރުމުގައެވެ. އެ ކަންކަން ތަންފީޛުކޮށް އިޞްލާޙުކުރުމުގެ ބަދަލުގައި ސިޔާސީގޮތުން ނިޒާމު ބަދަލުކުރާ ވާހަކަ ތާއަބަދު ދެއްކުން މިއީ މިއަދު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކުރިއެރުވުމަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ." ޑރ. އަނާރާ ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދަނީ މަސައްކަތް ކުރަމުންނެވެ. ރިޔާސީ ނިޒާމު ބަދަލުކުުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ވެސް ރައީސް ނަޝީދު ވަނީ މަޝްވަރާ ކުރައްވައިފައެވެ.

ރާއްޖޭގައި ސިޔާސީކަމެއްގައި ބައިވެރިވެވަޑައިގަންވާނީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމުގެ ނިޔަތުގައި ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ބަރުލަމާނީ ނިޒާމަކަށް ޤާނޫން ބައްޓަންކޮށްފައި އޮއްވާ، ރާއްޖޭގައި ރިޔާސީ ނިޒާމަކަށް ޖާގަ ދެއްވީ ރައީސް މައުމޫން ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

  1. ޢަނާރާާ ސިކުޑިި ހަމަބާާ؟

    • ޙަސަނާ

      އަނާރާތަ ސިކުނޑި ހަމަނޫނީ؟ ސިކުނޑި ހަމަނޫނީ ބޮޑުވަޒީރުކަން ނުލިބިގެން އެއުޅޭ ކަލޭގެ.

  2. މުހަންމަދު

    ފާޑު ފާޑުގެ އަގަނުތަލާ ޣޭގައި…….

  3. މިވެރިކަމުގާކޯލިސަނުންއެކަކުވެސް ހަމައެތްނުވާނެބުއްދިޔާއެކޭހިލްމުވެސްވަނީގޮސްފަ އަހަރެމެންދެންމީ.ޮޔައިންތަ ނޭގެން މިރުސްތަކެންދައްކާފާ މީހަކުރޭބުނީމަގަބޫލުކުރަން

  4. ބޮޑާވަޒީރު

    އަނާރާނުންޏަސްް އެއީީ ރަނގަޅުވާހަކައެއްް ނިޒާމެއްނޫންގޯހީކީީ ކަންކަމަށްް ނުކުޅެދޭމީހުންް އަތައްް ހަވާލުކުރުންް ގޯހީ