ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ފުލުހުންގެ ވެހިކަލެއް ފުރޮޅައިލައިފި

ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ފުލުހުންގެ ވެހިކަލެއް ފުރޮޅައިލައިފިއެވެ.
މި ހާދިސާ ހިނގައިފައި ވަނީ ލ.ގަން ، ފޮނަދޫ ލިންކްރޯޑްގައެވެ. އެ ވެހިކަލް ފުރޮޅައިލައިފައި ވަނީ، ދުއްވި ސްޕީޑް ބާރުވުމުން ކޮންޓްރޯލް ނުކުރެވިގެންނެވެ.
މައުލޫމާތު ލިބިފަައިވާ ގޮތުގައި އެވަގުތު ވެހިކަލް ދުއްވަން އިނީ ލައިސަންސް އޮތް ފުލުހެކެވެ. ވެހިކަލް ދުއްވަން އިން ފުލުސް މީހާއަށް ލިބުނު އަނިޔާތަކަށް ގަމު ހޮސްޕިޓަލްގައި މިހާރު ގެންދަނީ ފަރުވާ ދެމުންނެވެ.
މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.




.webp)
ކޮމެންޓް