Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މި ވަގުތު ވެސް 6،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދޭ: އަސްލަމް

މި ވަގުތު ވެސް 6،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދޭ: އަސްލަމް

މި ވަގުތު ވެސް 6000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ވިދާޅުވީ އެކިއެކި މަޝްރޫޢުތަކުގެ 1000 ހައުސިން ޔުނިޓުގެ މަސައްކަތާ އެކު ޖުމްލަ 6000 ހައުސިން ޔުނިޓުގެ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށެވެ.

މި ޔުނިޓްތަކުގައި 2023ވަނަ އަހަރު މީހުންނަށް އުޅެވޭ ވަރު ވާނެ ކަމަށް މިނިސްޓަރް އަސްލަމް ވިދާޅުވިއެވެ. 2023ވަނަ އަހަރުގެ ނިޔަލަށް 10،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ ސަރުކާރުން ކަނޑައަޅުއްވައިފައިވާ ގޮތަށް 2023ގެ ނިޔަލަށް 10،000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މާލޭގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން އިތުރު 4000 ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަމަކީ ވަރަށް ބޮޑަށް ބޭނުން ޖެހިފައި އޮތް ކަމެއް ކަމަށާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް