Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދެ މިސްކިތެއްގެ ތެރެއަށް ކުޑަކަމުދިޔަ މީހާ ދޫކޮށްލައިފި

ދެ މިސްކިތެއްގެ ތެރެއަށް ކުޑަކަމުދިޔަ މީހާ ދޫކޮށްލައިފި

ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށާއި ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒު ތެރެއަށް ކުޑަކަމުދިޔަ މީހާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވުމަށް ފަހު އޭނާ ބަންދުން ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒާއި، ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުދިޔަ މ. ޝޭޑީހޯމް، ހަސަން ޒިޔާދު ފުލުހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުއެެވެ.

އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖަހައިފައި ވަނީ 7 ދުވަހެވެ. އޭގެ ފަހުން 10 ދުވަސް ދިނެވެ. ފުލުހުން ވިދާޅުވީ އޭނާއަކީ، ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ. ޒިޔާދަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއް ކަމަށް ކޯޓްގައި ބުނުމުން ފުލުހުން ވިދާޅުވީ، އޭނާގެ ނަފުސާނީ ބައްޔެއް ހުރިތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް