Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާ ކަމުގެ ދައުވާ އުފުލިފައިވާ ޢަބްދުﷲ ޢަލީ އަނބުރާ ޖަލަށް

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާ ކަމުގެ ދައުވާ އުފުލިފައިވާ ޢަބްދުﷲ ޢަލީ އަނބުރާ ޖަލަށް

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާކަމުގެ ދައުވާ އުފުލިފައިވާ ހއ. މޮޅަދޫ/ބަހާރުގެ ޢަބްދުﷲ ޢަލީ އަނބުރާ ޖަލަށްލައިފިއެވެ.

ޢަބްދުﷲ ޢަލީ އަނބުރާ ޖަލަށް ލައިފައި މިވަނީ، ވަކީލަކު އައްޔަން ކުރުމަށް އޭނާއަށް ފަސް ދުވަހުގެ މުއްދަތެއް ވެސް ދިނުމަށް ފަހުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އަމާޒުކޮށް މެއި ހަވަނަ ރޭ ދިން ޓެރެރިސްޓް ހަމަލާއަށް ފަހު، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، އަބްދުالله އަލީ ހައްޔަރުކޮށްފައި ވަނީ، ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުގައެވެ.

Advertisement
Allied Insurance — Square (box)

ޢަބްދުﷲ ޢަލީ ހައްޔަރުކޮށްފައި ވަނީ މެއި މަހުގެ 19ވަނަ ދުވަހުގައެވެ.

މި މައްސަލައާ މެދު ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އެދިފައި ވަނީ ޝަރީޢަތް ނިމެންދެން ޢަބްދުﷲ ޢަލީ ބަންދު ކުރުމަށެވެ.

ނަމަވެސް ވަކީލަކާ އެކު ކުރިއަށް ގެންދިޔުމަށް މިއަދުގެ އަޑުއެހުމުގައި ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް