Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް މާދަމާ ހުޅުވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް މާދަމާ ހުޅުވަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަތަމަ މިސްކިތް "މަސްޖިދް ޢަމީލް ޖަލީލް" މާދަމާގެ ހުކުރު ނަމާދަށް ހުޅުވުމަށް ހަމަޖެހިއްޖެއެވެ.

މިސްކިތް ހުޅުއްވައިދެއްވާނީ މިނިސްޓަރ އޮފް ހޯމް އެފެއަޒް އައްޝައިޚް އިމްރާން އަބްދުﷲއެވެ. އެ މިސްކިތަކީ 480 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ ޕްރޮޖެކްޓަކީ ސަރުކާރުން 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

މިސްކިތް ޢިމާރާތްކޮށްފައި ވަނީ 2 ފަންގިފިލާއަށެވެ. ތިރީ ފަންގިފިލާ ނަމާދުކުރުމަށް ޚާއްސަކޮށްފައި ވާއިރު، މަތީ ފަންގިފިލާއަކީ މަލްޓި ފަންކްޝަނަލް އޭރިއާއެކެވެ. އެ ފަންގިފިލާ ލައިބްރަރީއަކީ ކްލާސްރޫމް އޭރިއާއެއް ހިމެނެއެވެ.

Advertisement
Allied — Dhen Online (box)

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދައިފައިވާ ހިޔާ ފްލެޓްތަކުގައި މިހާރު މީހުން ދިރިއުޅެން ފަށައިފައިވާއިރު ދެވަނަ ފިޔަވަހީގައި އަދި މިހާތަނަށް އެއްވެސް މިސްކިތެއް ހުޅުވައިފައެއް ނުވެއެވެ.

ހުޅުމާލެ ފޭސް ދޭއްގައި ދާއިމީ ތިން މިސްކިތް އަޅަން ނިންމައިފައިވާ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް