Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޒެނީޝާއަށް ކުރި ދައުވާ އަނބުރާ ގެންދިއުމަށް ރައީސް ނަޝީދު ގޮވައިލައްވައިފި

ޒެނީޝާއަށް ކުރި ދައުވާ އަނބުރާ ގެންދިއުމަށް ރައީސް ނަޝީދު ގޮވައިލައްވައިފި

ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާއަށް ކުރި ދައުވާ އަނބުރާ ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފިއެވެ.

ރައީސް ނަޝީދުގެ ވިދާޅުވީ ޒެނީޝާއަށް ކުރާ ދައުވާގެ ސަބަބުން ދިވެހި މުޖުތަމައަށް ލިބޭނެ އިތުރު ރަނގަޅެއް ފެނިވަޑައިނުގަންނަވާ ކަމަށާއި ދައުވާ އަނބުރާ ގެންދިއުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށެވެ. ޒެނީޝާއާ ދެކޮޅަށް ދައުވާ ކުރުމަށް ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ޕްރޮސެކިއުޓާ އޮފީހަށް މިހާރު ވަނީ ފޮނުވައިފައެވެ. އޭނާއަށް ދައުވާ ކުރަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާ ގުޅޭ މައްސަލައެއްގައެވެ. އެހެން ނަމަވެސް އެމައްސަލައިގެ ތަފްސީލެއް ޕީޖީން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައާ ގުޅިގެން ޒެނީޝާ ވިދާޅުވެފައި ވަނީ ޖިނާއީ ކުށުގެ އެއްވެސް ޢަމަލެއް އޭނާ ހިންގައިފައި ނުވާނެ ކަމަށެވެ. އަދި އެފަދަ އެއްވެސް ޢަމަލެއްގައި ބައިވެރިވެފައި ވެސް ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޭނާ ވަނީ ދެއްވައިފައެވެ. އޭނާ ވިދާޅުވީ ހިއުމަންރައިޓްސް ކޮމިޝަނުން ދައުވާ ކުރަން ފޮނުވައިފައިވާ މައްސަލައަކީ ޒާތީ ތައައްސަބުން އުފަންވެފައިވާ މައްސަލައެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް