ހިޔާ މަޝްރޫޢު: ފްލެޓް ލިބޭ މީހުން ކަނޑައެޅި ގޮތާ ގުޅޭ ތަހުގީގެއް ފަށައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކުރި ހިޔާ ފްލެޓްތައް ލިބޭ މީހުން ކަނޑައެޅި ގޮތާ ގުޅޭ ތަހުގީގެއް ފަށައިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ވިދާޅުވެއްޖެއެވެ.
އޭސީސީން ވިދާޅުވީ ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އުސޫލުތަކާ ޚިލާފަށް ގިނަ ކަންތައްތައް ކޮށްފައިވާ ކަމުގެ މައްސަލަ ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކޮށްފައިވާ ގިނަ މައްސަލަތަކެއް ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށް އޭސީސީން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ހިޔާ ފްލެޓްތައް ލިބޭ މީހުން ކަނޑައެޅި ގޮތާ ގުޅޭ ތަހުގީގެއް ފަށައިފައިވާ ކަމަށާއި މިމައްސަލަތަކުގެ އިތުރުން ވެސް ހިޔާ ފްލެޓްތަކާ ގުޅޭ ގިނަ މައްސަލަތަކެއް އޭސީސީން ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ހިޔާ މަޝްރޫއަކީ 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންކުރިޔަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން 25 ބުރީގެ 16 ޓަވަރެއް ވަނީ އަޅައިފައެވެ.
ކުރީ ސަރުކާރުން ހިޔާ ފްލެޓްގެ އެޕާޓްމެންޓެއްގެ ކުލީގެ ގޮތުގައި ނަގަން ކަނޑައަޅައިފައި ވަނީ މަހަކު 5600 ރުފިޔާއެވެ. އެހެން ނަމަވެސް މި ސަރުކާރުން ނިންމައިފައި ވަނީ މަހު ކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެންސް ފީގެ ގޮތުގައި 1000 ރުފިޔާ ނެގުމަށެވެ.
ސަރުކާރައް އެއްވެސް ކަމެއް ނުކުރެވި މުޅި ސަރުކާރު ކޮރަޕްޝަނަށް ގޮސް ހުސްވެ ރައްޔިތުންގެ ތާއިދު ގެއްލުމުން ތިޔަކުރަނީ ބޭކާރު ކަންކަން. އޭސީސީ އަށް ހުށައެޅި ކިތަންމައްސަލަ ޕާރކް ކޮއްފައި އެއޮތީ. ރައީސް އޮފީހާ ތައްޔިތުން މަޖިލީސް އަދި ވަޒީރުން ނާއި ކުންފުނި ތަކުގެ އެމްޑީ ހިންގާ ބޮޑެތި ހިޔާނަތް ނުފެންނަކަމައް ހެދިގެން ރައީސް މީހާ ވައްކަމުގެ ބައި އެޅޭނެތީ
ވަޅެއް ނުތެޅޭނޭ މުސްކުލިން ބުނެ އުޅޭ ތެޅޭނީ ދާންޏޭ،
މިހާރު ތަފާތު ފެންވަރާމާގަނޑު ތެޅޭނީ މިހާރު . ވަރަށް ސަލާމް