ބޮލީވުޑް މުނިފޫހިފިލުވުން

ސިދާތަށްޓަކައި ޝެހްނާޒް ހެދި ލަވަ އެތައް ބަޔަކު ރޮއްވައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަހަރުގެ މިހާތަނަށް ބޮލީވުޑްގައި ހިނގި ހާދިސާތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ދެރަވި އެއް ހާދިސާއަކީ އެކްޓަރ ސިދާތު ޝުކްލާގެ މަރުގެ ހާދިސާއެވެ.

Ads by STELCO

ސިދާތު މަރުވީ ސެޕްޓެމްބަރު މަހުގެ 2ވަނަ ދުވަހު، މުމްބާއީގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި ކުއްލި ގޮތަކަށް ހޭޓް އެޓޭކެއް ޖެހިގެންނެވެ. އެއިރު އޭނާގެ ލޯބިވެރިޔާ އަދި އެކްޓްރެސް ޝެހްނާޒް ގިލް ވެސް އޭނާ ކައިރީގައި ހުރި ކަމަށާއި، ސިދާތު އެންމެ ފަހު ނޭވާ ދޫކޮށްލީ ޝެހްނާޒްގެ އުނގުގައި އޮވެ ކަމަށް، ޝެހްނާޒްގެ ބައްޕައާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.

އެ ހާދިސާއަށް ފަހު ޝެހްނާޒްގެ ބަލި ހާލަތު ވަރަށް ގޯސްވިއެވެ. އަދި އަބަދުމެ އޭނާއަށް ރޮވެނީކަމަށް ވެސް އޭނާގެ އާއިލާއިން ބުންޏެވެ.

ނަމަވެސް ގާތް އެތައް ބައެއްގެ ހިތްވަރާ އެކު ޝެހްނާޒް ވަނީ އަލުން މަސައްކަތަށް ނުކުމެފައެވެ. އެގޮތުން ދާދި ފަހުން ޝެހްނާޒް ވަނީ ސިދާތުގެ ހަނދާނުގައި ލަވައެއް ވެސް ހަދައިފައެވެ.

"ތޫ ޔެހީ ހޭ" ނަމަކަށް ކިޔާ އެ ލަވަ އިއްޔެ ޔޫޓިއުބްގައި ރިލީޒް ކޮށްފައިވާ އިރު، އޭގެން ފެންނަނީ ވަރަށް ދެރަވެ މާޔޫސްވެފައިވާ އެކަނިވެރިކޮށް ހުރި ޝެހްނާޒް، ސިދާތު މަތިން ހަނދާން ކުރާ މަންޒަރެވެ. އަދި އެ ދެމީހުން އެކުއެކީގައި ފެންނަ ބައެއް މަންޒަރު ވެސް ހިމަނައިފައިވެއެވެ.

ޝެހްނާޒްގެ މި ލަވަ އެތައް ބަޔަކަށް ކަމުގޮސް، އެތައް ބަޔަކަށް ވަނީ ފުން އަސަރުތަކެއް ވެސް ކުރުވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!