ޚަބަރު

ރައީސް ޔާމީނާއި ރައީސް މައުމޫނާ ދެކޮޅަށް އިންތިގާލީ އޮފީހަށް ހުށައެޅުނު މައްސަލަ ނުބަލަން ނިންމައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ކުރީގެ ރައީސް މައުމޫން އަދި ރައީސް ރާމީން

މާލޭ ރައްޔިތުން ރެފިއުޖީންނަށް ހެދިކަމަށް ބުނެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްސަލަ ބަލައިދިނުމަށް އެދި އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށައެޅުނު މައްސަލަ އެ އޮފީހުން ނުބަލަން ނިންމައިފިއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)، އިންތިގާލީ އޮފީހަށް ހުށައެޅި މިމައްސަލައިގައި ވިދާޅުވީ 1979 ވަނަ އަހަރު ރައީސް މައުމޫން ވެރިކަމާ ހަވާލުވެވަޑައިގެން މާލެއިން ބިން ހިއްކައި އެ ބިންތައް މާލޭގައި ކޮންމެހެން ބޯހިޔާވަހިކަމެއް ބޭނުންވެފައި ތިބި މީހުންނަށް ދޫކުރާނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް މާލެއިން ހިއްކި ބިމުން، ބިން ދޫކުރީ ރައީސް މައުމޫންގެ އަރިހުގައި އުޅުއްވީ ބޭފުޅުންނާއި ވަޒީރުންނާއި އަތޮޅުވެރިންނާއި ކަތީބުންނާއި ގާޒީންނާއި ވިޔަފާރިވެރިންނާއި އަދި ކަމުވޮށިގެންވާ މީހުންނަށް ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ދައުރުގައި ވެސް މާލޭ ރައްޔިތުންނާ މެދު އަމަލުކުރީ އިހާނެތިކޮށް ކަމަށާއި ދައުލަތުން ބޮޑު ހަރަދެއް ކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށް ފަހު އެ ތަނުގައި އަޅައިފައި ވަނީ "ކޮތަރު ކޮށި"ތަކެއް ކަމަށް ވެސް ބޮންޑެ ހުށައެޅުއްވި މައްސަލައިގައި ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ރަށްރަށުން ހިލޭ ގޯތި ލިބޭއިރު މާލެ ސަރަހައްދުގައި މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ނުލިބޭ ކަމާއި އަދި ގޯތި ހޯދަން ވާދަކުރަން ޖެހެނީ ރާއްޖޭގެ އެހެން ރައްޔިތުންނާ އެކުގައި ކަމަށް ވެސް މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ. މާލޭގައި ގޯތިތައް ބައިކުރަން ޖެހުމުން ގޯތިތައް ކުދިވެ މާލޭ ރައްޔިތުންނަށް މާލޭގައި މިހާރު ދިރިއުޅެވެން ނެތް ކަން ވެސް ފާހަގަކޮށްފައިވެއެވެ. އެހެންވެ މާލޭ ރައްޔިތުންނަށް ގޯތި ހޯދައިދިނުމަށް އެމައްސަލައިގައި ވަނީ އެދިފައެވެ.

Ads by Ooredoo
  1. ށަވިޔަނި

    އެދެބޭފުޅުން ފެނުމުން ބައެއް މީހުނަށް ވާގޮތެއްދޯ ދޮންސީދީގެ ދެބޭފުޅުން ވެރިކަން ކުރީމަތާއެހެންމީހުން ގައިކަހަނީ