ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ހުށަހަޅައިފި, ކޮތަޅަަކަށް 2 ރުފިޔާ ދައްކަންޖެހޭނެ
ފިހާރަތަކުން މުދާ ވިއްކާއިރު ޕްލާސްޓިކް ކޮތަޅަށް ލައިފައި ތަކެތި ދޭ ނަމަ ކަސްޓަމަރުންގެ އަތުން ކޮތަޅަކަށް 2ރ. ޓެކްސްގެ ގޮތުގައި ނަގަން ސަރުކާރުން ހުށަހަޅައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފައިވާއިރު އާމްދަނީ ހޯދަން އަލަށް ނަގާ ޓެކްސްއެއްގެ ގޮތުގައި ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ބަޖެޓްގައި ވަނީ ހިމަނައިފައެވެ.
މި ޓެކްސްއަކީ ކަސްޓަމަރުންގެ އަަތުން ނަގާ ޓެކްސްއެކެވެ. އަދި ކޮންމެ ސައިޒެއްގެ ކޮތަޅަކަށް ވިޔަސް 2ރުފިޔާ ނަގާން ވަނީ ހިމަނައިފައެވެ. ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ހިމަނައިފައި ވަނީ އަންނަ އަހަރު ޖޫން މަހުން ފެށިގެންނެވެ.
އަންނަ އަހަރު ފެށޭއިރު ނަގަން ފަށާ ނަމަ ޓެކްސްއިން ލިބޭނެ ކަމަށް ލަފާކުރަނީ47.7 މިލިއަން ރުފިޔާއެވެ. ކުއާޓަރެއް ލަސްވެއްޖެ ނަމަ 35.3 މިލިއަން ރުފިޔާއެވެ. ދެ ކުއާޓަރު ލަސްވެއްޖެ ނަމަ 23.5 މިލިއަން ރުފިޔާއެވެ. އަދި ތިން ކުއާޓަރު ލަސްވެއްޖެ ނަމަ 10 މިލިއަން ރުފިޔާއެވެ.
2022ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ހުށަހަޅާނީ ޕްރޮގުރާމް ބަޖެޓެއް ކަމަށެވެ.
2022ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 36,925,424,524 ރުފިޔާއެވެ.
ކޮންޓެކުހެއް ތެކުސްނަގަންދޯ ކޮތަޅުމިއެތެރެކުރަނީ ކޮތަޅުއެތެރެނުކުރޭމަވީނު