Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅެއް ނާޅަން، އިހުތިޖާޖެއް ވެސް ނުކުރޭ: އެމްއޭސީއެލް

އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅެއް ނާޅަން، އިހުތިޖާޖެއް ވެސް ނުކުރޭ: އެމްއޭސީއެލް

އެއާ ޓްރެފިކް ކޮންޓްރޯލާސް (އޭޓީސީ)ގެ މުވައްޒަފުންގެ ކަންބޮޑުވުންތައް ބަޔާންކޮށް، އެމްއޭސީއެލަށް ހުށަހެޅި ޕެޓިޝަންގައި ސޮއިކުރި މުވައްޒަފުންނާ މެދު ފިޔަވަޅު އެޅިކަމަށާއި އެކަމާ ގުޅިގެން އެ މުވައްޒަފުން ސުލްޙަވެރި އިހުތިޖާޖެއް ކުރި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަ އެމްއޭސީއެލްއިން ދޮގު ކޮށްފިއެވެ.

މި މަހު 17ގައި އޭޓީސީގެ މުވައްޒަފުންތަކެއް ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރި މީހުންގެ ކުރީގެ މައްސަލަތަކެއް ފަހުން ނަގައިގެން، އެ ކަންތައް ތަކުރާރު ނުކުރަން ބުނެ ބަޔާންތަކެއްގައި އެމްއޭސީއެލްއިން ކުއްލިއަކަށް ސޮއި ކުރުވަމުންދާކަމަށް އޭޓީސީގެ މުވައްޒަފުންތަކަކާ ހަވާލާދީ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.

މިކަމާ ގުޅިގެން "ދެން"އިން ސުވާލު ކުރުމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ކޯޕޮރޭޓް ކޮމިއުނިކޭޝަންސް ޙަސަން އަރީފް ވިދާޅުވީ، އެއީ ދޮގު މައުލޫމާތެއް ކަމަށާއި ކުރިއަށް ދިޔައީ ސުލްޙަވެރި މަޝްވަރާތަކެއް ކަމަށެވެ.

Advertisement
HDC — Sidebar (box)

"އެމީހުން އޮތީ ޕެޓިޝަނެއް ހުށަހަޅައިފައި. ދައުރުވަމުން އެ ދަނީ މެނޭޖްމަންޓް ޑިސްކަޝަންގެ ފޮޓޯއެއް. އާންމު މަޝްވަރާއަކަށް ދާން އުޅުނު ފޮޓޯއެއް އެއީ. އޭޓީސީ މީހުން ވެސް މިވަގުތު ތިބީ އެގޮތަށް އެ ޚަބަރު އައިމަ ވަރަށް ހިތްހަމަ ނުޖެހިފައި. އިހުތިޖާޖެއް ނުކުރޭ. އެމީހުން ނުކުމެ ތިބީ މެނޭޖްމަންޓުން އަންނަންދެން. މީހަކު ފޮޓޯއެއް ނަގައިފައި ގްރޫޕަކަށް ލީމަ އޭތި މިއުޅެނީ ލީކު ވެގެން." އަރީފް ވިދާޅުވިއެވެ.

އަރީފް ވިދާޅުވީ އިހުތިޖާޖު ކުރިކަމަށާއި ފިޔަވަޅު އެޅި ވާހަކައަކީ އެހެން ބަޔަކު އުފައްދައިގެން ދައްކައިގެން އުޅޭ ވާހަކައެއް ކަމަށެވެ.

އޭޓީސީން މިމަހު ޕެޓިޝަނެއް ހުށަހެޅީ އެ ތަން ހިންގުމުގައި ގިނަ މައްސަލަތަކެއް ހުރުމުން އެކަން ހައްލު ކޮށްދިނުމަށް އެދިއެވެ.

ޕެޓިޝަނުގައިވާ ގޮތުން، އެއާ ޓްރެފިކް ކޮންޓްރޯލަރުންނަކީ ޕައިލެޓުންނާއި އިންޖިނިއަރުންނާއި ސީމަނުންނާއި ޑޮކްޓަރުންގެ ގިންތީގައި ހިމެނޭ ބަޔަކަށް ވާއިރު، މުސާރައާއި އެހެން އިނާޔަތްތައް ދިނުމުގައި އެ އުސޫލުތަކަށް އެމްއޭސީއެލްއިން އަމަލު ކޮށްފައެއް ނުވެއެވެ. އަދި މުސާރައިގެ ކުރިއެރުން ލިބޭ އޮނިގަނޑެއް އެކުލަވައިލައި 2019ވަނަ އަހަރު ރައީސް އޮފީހަށް ހުށަހެޅި ނަމަވެސް ކޮވިޑް-19އާ ގުޅިގެން އެ މަސައްކަތް މަޑުޖެހިފައިވާ ކަމަށާއި މިއަދާ ހަމައަށް ވެސް އެ އޮނިގަނޑުގެ މަސައްކަތް ނުކުރާކަމަށް އޭޓީސީގެ ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް