Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ހުޅުމާލެ ފޭސް 2އަށް މީޑިއާނެޓްގެ ޚިދުމަތް ދޭން ތައްޔާރުވެއްޖެ

ހުޅުމާލެ ފޭސް 2އަށް މީޑިއާނެޓްގެ ޚިދުމަތް ދޭން ތައްޔާރުވެއްޖެ

ހުޅުމާލޭ ފޭސް 2އަށް މީޑިއާނެޓްގެ ޚިދުމަތް ދޭން ހައުސިންގް ޑިވެލޮޕްމެންޓް ސެންޓަރ(އެޗްޑީސީ)އިން ތައްޔާރުވެއްޖެއެވެ.

އެގޮތުން ފޭސް2 އަށް މީޑިއާނެޓް ގުޅައިދިނުމާ ގުޅޭގޮތުން އެޗްޑީސީއާ އެކު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއެ ވެސް ކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އެޗްޑީސީ ނެރުނު ބަޔާނެއްގައި ބުނީ، މި އެއްބަސްވުމުގައި ސޮއިކުރުމާ އެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އަދި ހާއްސަކޮށް ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މީޑިއާނެޓްގެ ހިދުމަތްތައް ފަސޭހަ އަދި އަވަސްކަމާ އެކު ލިބޭނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން އެޗްޑީސީން ބުނީ އެ ކުންފުނީގެ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރެއްގެ މައިގަނޑު ވިއުގައެއް ކަމަށާއި މި ނެޓްވޯކްގެ ޒަރީއާއިން އިންޓަނެޓާއި ޓީވީގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އެއް ވިއުގައަކުން ހިދުމަތް ދެވޭނެ ކަމަށެވެ.

މިގޮތުން، ހިދުމަތް ދިނުމަށް ހޭދަވާ ހަރަދު ކުޑަވެ ރައްޔިތުންނަށް ދޭ ހިދުމަތުގެ އަގު ކުޑަވުމުގެ މަގު ވެސް ފަހިވެގެން ދާނެ ކަމަށާއި ހިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި، އަވަސްކަމާ އެކު ގިނަ ހިދުމަތްތަކެއް ލިބިގެން ދާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް