ޚަބަރު

ކުދި އުޅަނދުގައި ދަތުރުކުރާ ނަމަ ލައިފްޖެކެޓް އެޅުން މަޖުބޫރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުދި އުޅަނދުގައި ދަތުރުކުރާނަމަ ލައިފްޖެކެޓް އެޅުން މަޖުބޫރުކޮށް ގެޒެޓުކޮށްފިއެވެ.

Ads by MWSC

ކަނޑުދަތުރުގެ ސަލާމަތާ ބެހޭ ގަވައިދު އިސްލާހުކޮށް ގެޒެޓްކުރި އިއުލާނުގައި ބުނެފައި ވަނީ ދިގުމިނުގައި ނުވަ މީޓަރު (30.5 ފޫޓް) ހުންނަ ނުވަތަ އެއަށް ވުރެ ކުދި އުޅަނދުތަކުގައި ދަތުކުރާ އިރު، ފަސިންޖަރުންގެ ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަން ކުރަން މަޖުބޫރު ކަމެއް ކަމަށެވެ.

ކަނޑު އުޅަނދު ދުއްވުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަށް އިސްލާހު ގެނައުމުގެ ގޮތުން އެ ގަވާއިދުގެ 27 ވަނަ މާއްްދާއަށް އިތުރުކުރި އަކުރުގައި (ބ)ގައިވާ ގޮތުން، ނުވަ މީޓަރަަށް ވުރެ ކުރު އުޅަނދުތަކުގެ ތެރެއިން، ވަށައިގެން ބަންދުކޮށްފައިވާ އުޅަނދުތަކުގައި ދަތުރުކުރާ އިރު، ލައިފް ޖެކެޓް ހުންނަން ވާނީ ޕަސިންޖަރުންގެ އަތުގައެވެ.

މީގެ އިތުރުން މިއަދު އިއުލާނު ކުރި ގަވާއިދުގެ 27 ވަނަ މާއްދާގެ ފަަހަތަށް އިތުރުކޮށްފައިވާ 27-1 ގެ (ހ)ގައިވާ ގޮތުން ވަކި ހާލަތްތަކެއްގައި ދަތުރުކުރާ އިރު، ލައިފް ޖެކެޓް އަޅާނެ ގޮތުގެ އިރުޝާދު ދިނުމާއި ލައިފްޖެކެޓް އެޅުވުމަކީ ވެސް ކެޕްޓަންގެ ޒިންމާއެކެވެ.

ފަސިންޖަރުން ލައިފްޖެކެޓު އެޅުވުން ކެޕްޓަނަށް ލާޒިމް ހާލަތްތައް

▪︎ ނުވަ މީޓަރުން ފެށިގެން ދަށުގެ އުޅަނދެއްގައި ދަތުރެއް ފަށާއިރު.
▪︎ މޫސުން ގޯސްވުމުގެ ސަބަބުން އެލާޓް ނެރެފައިވާ ސަރަހައްދެއްގައި ދަތުރުކުރާ އިރު (ކޮންމެ ސައިޒެއްގެ އުޅަނދެއްގައި ދަތުރުކުރިޔަސް)
▪︎ މޫދު ކުޅިވަރަށް ހާއްސަ އުޅަނދުތަކުގެ ތެރެއިން ނުވަ މީޓަރަށް ވުރެ ކުރު އުޅަނދުތަކުގައި ދަތުރުކުރާއިރު.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!