ޚަބަރު

ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

" އައި އެމް ވެރީ ސޮރީ އަދީމް.. -ޝަހާ " އެގަނޑުގައި އޮތް އެއްޗެއް އަދީމް ކިޔައިލުމާއެކު އޭނާގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. ހަޤީގަތަކީ އެރޭގެ އެވަގުތު އޭނާއަށް ޝަހާދެކެ ރުޅި އާދެވުނު ނަމަވެސް ފަހުން އޭނާގެ ކުށް އޭނާއަށް އިހުސާސްވިކަމެވެ. ޝަހާއަކީ ކިހާ މާތް ކުއްޖެއްކަން އިހުސާސްވެ އޭނާ ކައިރިން މައާފަށް އެދެން އަދީމް ބޭނުންވިކަމެވެ. ނަމަވެސް އެރެއަށްފަހު ޝަހާއާ ކުރުމަތިލާނެހާ ހިތްވަރެއް އަދީމަކަށް ނުލިބުނެވެ. ޝަހާ ފެންނަފަށުގައި ހުންނަންވެސް އޭނާއަށް ނުކެރެނީއެވެ.

Ads by Hajj Corporation

****************

" މިއަންނަ މަހުން ފެށިގެން ވަޒީފާއަށް ނިކުންނަން ފަށާ ގޮތަށް..." އަދީމް ވާހަކަ ދެއްކީ ކުރިމަތީގައި އިން ހުސެންއާއެވެ. އެމީހުން ތިބީ އާންމު ކޮށް އެމީހުން ބައްދަލުކުރާ ކެފޭގައެވެ.

" ގްރޭޓް.. ދިވެހި ޑޮކްޓަރެއްގެ އިންތިޒާރުގައި މިރަށު މީހުން ތިބޭތާ ކިތަންމެ ދުވަހެއް.." ކުރިމަތީގައި ބަހައްޓާފައި ހުރި ކޮފީތަށީން ކޯވަރެއް ބޯލަމުން ހުސެން ބުންޏެވެ.

" މަންމަމެން އޯކޭތަ...؟" ހުސެން އަހައިލިއެވެ.

" މަންމަ އޯކޭވާނެކަން ކުރިންވެސް އަހަރެންނަށް އެނގޭ.. އަހަރެން މަންމަމެން ކައިރީ ބުނަން ޖެހިލުންވީ ދެރަވެދާނެތީ.. " އަދީމް ބުންޏެވެ. ހުސެން ވަކި އެއްޗެއް ނުބުނެ ބޯޖަހައިލިއެވެ.

" މިރަށުންވެސް އަދީމް ހިތްއެދޭ ކަހަލަ ކުއްޖެއް ނުފެނުނުތަ ހަމަ... އެކަމަކު ވަރަށް ގިނަ މީހުން ބުނޭ މިރަށު އަންހެން ކުދިން ވަރަށް ރީތި ވާހަކަ.. " ވާހަކައިގެ މިސްރާބު ބަދަލުކޮށްލަމުން ހުސެން ބުންޏެވެ. އެވަގުތު އަދީމްގެ ހިތުގައި ކުރެހިގެން ދިޔައީ ޝަހާގެ ރީތި ސޫރައެވެ. ހުރިހާ ގޮތަކުން ބެލިޔަސް ޝަހާއަކީ ކައިވެންޏަކަށް އެންމެ އެކަށީގެންވާ ކުއްޖާއެވެ. ހަމައެކަނި ބޭރުން ފެންނަ ސިފަ ރީތީކީ ނޫނެވެ. އެތެރެއިންވެސް ޝަހާއަކީ ރީތި ކުއްޖެކެވެ. ހުލްޤު ހެޔޮ މީހުންނާ ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ކުއްޖެކެވެ. އެތަކެއް ހުނަރެއް ލިބިފައިވާ މަސައްކަތްތެރި ކުއްޖެކެވެ. ކާމިޔާބު އަދި އެހެން އަންހެނުން ނަމޫނާއަކަށް ބަލަންޖެހޭ ފިސާރި އަންހެނެކެވެ.

" އެކަހަލަ އަންހެން ކުއްޖެއް ފެނިއްޖެ ކަންނޭނގެ..." ހިނިތުންވެލަމުން އަދީމް ބުންޏެވެ. ހުސެންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

" ކޮން ކުއްޖެއް އެއީ؟ އަހަރެން ދަންނަ ކުއްޖެއްތަ؟" ޝައުޤުވެރިކަމާއެކު ހުސެން އަހައިލިއެވެ.

" ވެދާނެ.. ހެހެހެ.. އެކަމަކު އަދި ނަމެއް ނުބުނެވޭނެ..." އަދީމް ބުންޏެވެ.

" އޯކޭ އޯކޭ.. ނަން ބުނާނެ ދުވަހެއްގެ އިންތިޒާރުގައި މިހިރީ.." ހުސެން ބުންޏެވެ. އަދީމް ވަކި އެއްޗެއް ނުބުނެ ހިނިތުންވެލަމުން ބޯޖަހައިލިއެވެ.

*****************************

ގޯތިތެރޭގައި ހުރި ޖޯލީގައި އޮށޯވެލައިގެން ކައުސަރު އޮތެވެ. އޭނާ ވިސްނަމުން ދިޔައީ އަދީމާއި ކަމީލާ ދެއްކި ވާހަކަތަކާ މެދުގައެވެ. ހުރިހާ ދަރިންވެސް އޭނާދެކެ ވަރަށް ލޯބިވާކަން ކައުސަރަށް އެނގެއެވެ. ނަމަވެސް ދަރިންނާ ދުރުގައި އުޅުމަކީ އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ. ދަރިން ގާތުގައި ކިތަންމެ ބޭނުންވިޔަސް އުޅެވޭކަށް ނެތެވެ. ރާފިގުގެ ވިޔަފާރި އޮތީ މާލޭގައި ކަމަށްވުމުންނެވެ. ރާފިގު އައިސް ކައުސަރު ކައިރީގައި އިށީނީ އޭނާ އެފަދަ ވިސްނުމަކަށް ގެއްލިފައި އޮއްވައެވެ.

" ކޮންކަމަކާ މާވަރަކަށް ތިވިސްނަނީ؟" ކައުސަރުގެ މޫނަށް ފުން ނަޒަރެއް ދެމުން ރާފިގު އަހައިލިއެވެ. ކައުސަރު ރާފިގަށް ބަލައިލަމުން ދެފަރާތަކަށް ބޯހޫރައިލީ އެއްވެސް ކަމަކާ ނުވިސްނަމޭ ބުނުމުގެ ގޮތުންނެވެ.

" ނުބުންޏަސް އަހަރެންނަށް އެނގޭ ކައުސަރު ތިވިސްނަނީ އަދީމާއި ކަމީލާ ރަށައް ބަދަލުވާ ވާހަކަ ދެއްކީމައިކަން... ކައުސަރުވެސް އެމީހުން ކައިރީގައި މިކޮޅުގައި މަޑުކުރަންވީނު.." ރާފިގު އޭނާގެ ހިޔާލު ފާޅުކުރިއެވެ.

" އަހަރެން މިކޮޅުގައި މަޑުކޮށްފިއްޔާ އެކޮޅުގައި ރާފިގު އެކަންޏެއްނު އުޅޭނީ... " ކައުސަރު ބުންޏެވެ.

" އަހަރެން ކައުސަރު ކައިރީގައި ނުބުނެ ވަރަށް ބޮޑު ކަމެއް ނިންމައިފިން..." ރާފިގު ބުންޏެވެ. ކައުސަރު ރާފިގަށް ބަލައިލީ ހައިރާންވެފައި އިނދެއެވެ.

" މިކޮޅަށް އައުމުގެ ކުރިން އަހަރެންގެ ފިހާރަ މުދަލާ އެއްކޮށް ވިއްކާލަފަ އައީ.. " ރާފިގު އިސްޖަހައިލަމުން ބުންޏެވެ.

" އެއީ ކީއްވެ؟ ކީއްވެ އަހަރެން ކައިރީގައި ނުބުނީ.. ؟" ކައުސަރު އެހެން ބުނިއިރު އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފެންނަން ހުއްޓެވެ.

" އިހަށް އެއްކޮށް އަޑުއަހައިބަލަ! އަހަރެން މިކޮޅުން ބިމެއް ގަނެފަ މިތަނަށް ވިޔަފާރި ބަދަލުކޮށްލީ.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަހަރެންގެ އާ ފިހާރަ މިކޮޅުގައި ހުޅުވޭނެ..އަސްލު އަހަރެން ބޭނުންވީ ހުޅުވޭ ވަރު ވަންދެން ކައުސަރަށާ އަދި ކުދިންނަށް ސިއްރުކުރަން.. އެކަމަކު ކައުސަރު ތިގޮތަށް ދެރަވެފައި އިންނަތަން ދެކޭކަށް އަހަރެން ބޭނުމެއް ނޫން.. އެހެންވެ ބުނަން ޖެހުނީ.." ރާފިގު ބުންޏެވެ.

" އޭރުންނޯ.. ރާފިގުމެން ގެއަށް ކިހިނެއް ހަދާނީ.." ކައުސަރު އަހައިލިއެވެ.

" ގެ ކުއްޔަށް ދެވޭނެއްނު.. މަލޭގައި މިހާރު ވަރަށް ގިނަ ދުވަސް ހޭދަ ކުރެވިއްޖެ.. ދަރިން ފަދައިން އަހަރެންވެސް ދެން ބޭނުންވަނީ ރަށްފުށުގެ ހިތްގައިމު ދިރިއުޅުން ތަޖުރިބާ ކޮށްލަން.. ތެދަށް ބުނަންޏާ އެއްވެސް ވަރަކަށް މާލެ ދާހިތެއް އަހަރެން ނުވޭ.. އުމުރުގެ ބާކީ އޮތްބައި މިކަހަލަ ހިތްފަސޭހަ ރަށެއްގައި އުޅެލަން ބޭނުންވަނީ.. އަޅެ ކައުސަރު ބޭނުންނުވޭތަ އަމިއްލަ ރަށުގައި އުޅޭކަށް.." ލޯބިވެތި ބެލުމަކުން ކައުސަރަށް ބަލައިލަމުން ރާފިގު ބުންޏެވެ. ކައުސަރުގެ ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުމެކެވެ. ހިތަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ރާފިގަށްޓަކައި ހިތްވަނީ ލޯތްބާއި ޝުކުރުން ފުރިފައެވެ. ކައުސަރު ވަކި އެއްޗެއް ނުބުނެ ރާފިގުގެ ކޮނޑުގައި ބޯއަޅައިލިއެވެ.

*****************

ރާފިގު ދިން އުފާވެރި ޙަބަރު ހުރިހާ ކުދިންނާ ދެމަފިރިން ޙިއްސާކުރީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔަ ވަގުތުއެވެ. އެޙަބަރު ލިބުމުން އެންމެނެވެސް ތިބީ ނުހަނު އުފަލުންނެވެ. ޙާއްސަކޮށް ކަމީލާގެ ތުންފަތްމަތިން އެންމެ ހިނދުކޮޅަކަށްވެސް ހިނިތުންވުން ފިލައިގެން ނުދެއެވެ.

" ހަމަ މާލޭގައި ހިންގި ވިޔަފާރިތަ މިކޮޅުގައިވެސް ފަށަން ތިއުޅެނީ؟" ފާތިކް އަހައިލިއެވެ.

" އާނ ފޮތީގެ ވިޔަފާރި ކުރާނީ ހަމަ.. އެކަމަކު މިފަހަރު ވިޔަފާރިއާ ހަވާލުވެ ހުންނާނީ ބޭބެއެއް ނޫން.. އުމުރުގެ ބާކީ އޮތް ދުވަސްތައް ބޭބެ ދެން ބޭނުމީ އަރާމުކުރަން.." ރާފިގު ބުންޏެވެ.

" ބޭބެ ރިޓަޔަރ ވީ ދޯ އަމިއްލަ އަށް.." ހިނިތުންވެލަމުން އަދީމް ބުންޏެވެ.

" ދެން ކާކު ފިހާރަ ހިންގާނީ.. ދޮންބެ މިހާރުވެސް ނުލާހިކު ބިޒީ ރިސޯޓްގެ މަސައްކަތްތަކުގަ.. އަނެއްކާ ތިއްތި އެއުޅެނީ ހޮސްޕިޓަލް ޖޮއިން ކުރަން.." ކަމީލާ ބުންޏެވެ.

" ފިހާރަ ހިންގަން ބައްޕަ ހަވާލުކުރަން މިއުޅެނީ ކައްމިއާ..." ރާފިގު ބުންޏެވެ. ކަމީލާ ދެލޯ ބޮޑު ކޮށްލަމުން ރާފިގާ ދިމާލަށް ބަލައިލިއެވެ.

" ކައްމި އޭ.. ؟" އަނގައިގާ ހުރި ކާއެއްޗެހި ދިރުވައިލަމުން ކަމީލާ އަހައިލިއެވެ.

" އާނ ކައްމި.. ކައްމި ވެއްޖެ މިހާރު ޒިންމާދާރުވާން މަސައްކަތް ކުރަން.. ފުރަތަމަ ފަށާއިރު ބައްޕަ ކައްމިއަށް އެހީވާނަން.. އެކަމަކު ދެން ކައްމި ޖެހޭނީ ވިޔަފާރީގެ ހުރިހާ ކަމެއް ބަލަހައްޓަން.." ރާފިގު ކިޔައިދިނެވެ.

" ބޭބެ ތިއުޅެނީ ވިޔަފާރި ރަނގަޅަށް ނުފެށެނީސް ބަނގުރޫޓު ކޮށްލަންތަ" ފާތިކް ހެމުން ހެމުން ބުންޏެވެ.

" ދޭކުން އެކެއް ކެނޑީމަ އިންނަވަރުވެސް ނޭނގޭ މީހަކަށްތަ ރާފިގު ވިޔަފާރި ހަވާލުކުރަން ތިއުޅެނީ؟" ކައުސަރުވެސް ފާތިކާ ބައިވެރިވަމުން ބުންޏެވެ.

" ދޭކުން އެކެއް ކެނޑީމަ އިންނާނީ ދޭއް.... އުނހު ސޮރީ އެކެއް.. މަންމަމެންނަށް ކައްމިއަކީ ކިހާ މޮޅު މީހެއްކަން އަންގައިލަ ދޭނަން މިފަހަރު " ކަމީލާ ބުނެލިއެވެ. އޭރު އަދީމް އާއި ފާތިކް އިނދެގެން ހެނީއެވެ.

" ކައްމި ޓްރެއިން ކުރާނީ ބައްޕަ.. މި މީހުންނަށް ދައްކާލަން ވާނެ އަސްލު ކައްމިގެ ހުނަރުވެރިކަން.." ކަމީލާ އާ އެއްބައިވަމުން ރާފިގު ބުންޏެވެ.

" ބައްޕަ އަށް ހަމަ ޔަގީން ކައްމިއަށް ވާނެކަން.. " ކަމީލާގެ ބޮލުގައި ފިރުމައިލަމުން ރާފިގު ބުންޏެވެ.

****************

އޮފީހުގައި ހުންނަ ފަހާ ބައިގައި އިނުމަށްފަހު ޝަހާ ގެއަށް ދާން ނިކުތީ ރޭގަނޑު އެގާރަ ޖެހިފަހުންނެވެ. ގަރާޖަށް ސައިކަލު ވެއްދުމަށްފަހު ގެއަށް ވަންނަން ދިޔަ ތަނުން އިވުނު އަޑަކުން ޝަހާ ހުއްޓުނެވެ.

" ކުށްވެރި ވެފައެއްނު ތިހިރީ.." އޭނާގެ ގޭ ދޮރުކަނީގައި ލެގިލައިގެން ހުރި އަދީމް ބުންޏެވެ. އެތައް ދުވަހަކަށް ފަހު އަދީމްގެ އަޑު އިވުމުން ޝަހާގެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ.

" ސޮރީ ވަރަށް ބޮޑަށް.. އެރޭ އެގޮތަށް ކަންތައް ކުރެވުނީ ހާސްވެފައި ހުރިވަރުން " އަދީމާ ދިމާލަށް އެނބުރެމުން ޝަހާ ބުންޏެވެ.

" އެކަމާ ކުށްވެރިވި ވާހަކައެއް ނޫން މިދައްކަނީ.." ހަށިގަނޑު ސީދާ ކޮށްލައި ދެޖީބަށް އަތް ޖަހައިލަމުން އަދީމް ބުންޏެވެ.

 

" ދެން..." ޝަހާ ހައިރާންވެފައި އަހައިލިއެވެ.

" ހުއްދަ ނެތި އަހަރެން ކޮޓަރިއަށް ވަނީ..." ޝަހާ އާ ދިމާލަށް ފިޔަވަޅެއް އަޅައިލަމުން އަދީމް ބުންޏެވެ. ޝަހާ އިސްޖަހައިލީ ލަދުގަތް ވަރުންނެވެ. އަދީމް ހުއްޓުނީ ޝަހާއާ ތަންކޮޅެއް ދުރުގައެވެ. އެރޭގެ ހާދިސާއިން އޭނާއަށް ވަނީ އިބްރަތެއް ލިބިފައެވެ.

" އެކަމަށްވެސް ސޮރީ ވަރަށް ބޮޑަށް.." ޝަހާ ބުންޏެވެ.

" ސޮރީ ގަބޫލު ކުރެވެނީ އެންމެ ގޮތެއްގެ މަތިން.." އަދީމް ބުންޏެވެ.

" އެއީ؟" އިސް އުފުލާ ޝަހާއާ ދިމާލަށް ބަލައިލަމުން އަދީމް ބުންޏެވެ.

" އަހަރެން ބޭނުމީ ކޮފީއެއް... މިވަގުތު.. ޝަހާގެ ގެއިން.. " އަދީމް ލަސްލަހުން ބުންޏެވެ.

" ލުކް އަދީމް.. އަހަރެން ބުނާ އެއްޗަކުން ފަހަރަކު އަދީމް ހިތްހަމަނުޖެހުންވެސް އެކަށީގެންވޭ.. އެކަމަކު މިހާ ލަސް ގަޑިއެއްގަ ހިލޭ ފިރިހެނަކާއެކު ވަގުތު ހޭދަ ކުރުމަކީ އަހަރެން ކުރާކަމެއް ނޫން.. ހީކުރަން މިބުނާ އެއްޗެއް ވިސްނޭނެކަމަށް.." ޝަހާ ބުންޏެވެ. އަދީމް ހިނިތުންވެލަމުން ބޯޖަހައިލިއެވެ.

" އޯކޭ އައި އަންޑަސްޓޭންޑް.. " އަދީމް ބުންޏެވެ.

" ޝަހާ ވަރަށް ވަރުބަލި ވެފައިހެން ހީވަނީ.. އަހަރެން މިވަގުތު ގޮސްލަނީ.. އެކަމަކު އަދިވެސް އަހަރެން މިހިރީ ސުވާލެއްގެ ޖަވާބުގެ އިންތިޒާރުގައިކަން ހަނދާންކުރާތި.." ޝަހާއަށް ހަނދާންކޮށްލައި ދޭފަދަ ގޮތަކަށް އަދީމް ބުންޏެވެ.

" އަހަރެން....." ޝަހާ ބުނަން އުޅުނެވެ.

" އިޓްސް އޯކޭ ޝަހާ.. މާދަން ރޭ.. ކައިވެނި ޕާޓީއަށް ފަހު.. ހޯލްގެ ޓެރޭސްގައި.. އަހަރެން ޝަހާއަށް އިންތިޒާރު ކުރާނަން..." ފަހަތް ފަހަތަށް ޖެހެމުން އަދީމް ބުންޏެވެ. އެއަށްފަހު ޝަހާއަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ގޮސް ގޭތެރެއަށް ވަނެވެ.

ޝަހާއަށް ހިނިތުންވެވުނީ ބޭއިޙްތިޔާރުގައެވެ. އަދީމް އޭނާއަށް ގަޑި ކީ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އަދީމް ބުނި ގަޑިއަށް އޭނާ ދާނެއެވެ. އަދި އަދީމްގެ ސުވާލުގެ ޖަވާބުވެސް ދޭނެއެވެ. މިފަދަ ފޮނި ހިޔާލުތަކެއްގައި ހުރެ އޭނާވެސް ގޮސް ގެއަށް ވަނެވެ.

*************************

ކައިވެނީގެ ހެދުމުގައި މައިރާ ފެންނަލެއް ވަރަށް ހިތްގައިމެވެ. ހުދުކުލައިގެ ބޮޑު ހެދުމުގައި މައިރާ ހުރި އިރު އޭނާގެ އަތުގައި އެކި ކުލައިކުލައިގެ މާތައް ހުރި މާބޮނޑިއެއް އޮތެވެ. ފާތިކް ލާފައި ހުރީ އަޅި ކުލައިގެ ޓަކްސިޑޯއެކެވެ. ޝަހާ، މަލާކް ، ކަމީލާ އަދި ނީމާ ލައިގެން ހުރީ އެއްގޮތަކަށް ފަހާފައި ހުރި މާޖެހި ދިގު މެކްސީއެކެވެ. މުޅިތަން ޖަރީކޮށްފައިވަނީ އެކި ކުލަ ކުލައިގެ ރީތި މާތަކުންނެވެ. ކައިވެނީ ހުތުބާ ކިޔަމުން ދިޔައިރު ޝަހާ ހުރީ ވަރަށް ކަނުލައިގެން އަޑުއަހާށެވެ. ސިފަ ކުރެވެމުން ދިޔައީ ކައިވެނީގެ މަޖިލީހުގައި މައިރާއާއި ފާތިކް ގެ ބަދަލުގައި އޭނާއާއި އަދީމް ތިއްބައެވެ.

އަދީމްގެ ލޯ އެންމެ ހިނދުކޮޅަކަށްވެސް ޝަހާ އާ ވަކިނުވެއެވެ. މިފަހަރު އަދީމްގެ ތޫނު ނަޒަރު ޝަހާއަށް އިހުސާސް ވަމުން ދިޔައެވެ. އެކަމުން ޝަހާގެ ހިތަށް ލިބެމުން ދިޔައީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. އަދީމްގެ އެތޫނު ނަޒަރުގެ ގެ ސަބަބުން ޝަހާ މޫނު ލަދުން ރަތްވެގެންދާ ފަހަރުވެސް މަދެއް ނޫނެވެ. ޕާޓީ ނިމުމަކާ ހަމައަށް ދިޔައިރު މެހެމާނުންތައް މަދުވެ ހޯލުގައި ތިބީ ދެފަރާތުގެ އާއިލާ އާއި ބައެއް ރަޙުމަތްތެރިންނެވެ. އެންމެން ފޮޓޯ ނެގުމުގައި މަޝްޢޫލުވި ވަގުތު އަދީމް މައްޗަށް އަރަން ހުންނަ  ސިޑިއާ ދިމާލަށް ދިޔައެވެ. ލޮލުގެ ކުޑަކޮޅުން ޝަހާ އަދީމަށް ބަލައިލިވަގުތު އަދީމް އިޝާރާތް ކުރީ މައްޗަށް އައުމަށެވެ. އަދީމް ދިޔަތާ އިރުކޮޅެއް ފަހުން ޝަހާވެސް ވަރަށް ސިއްރުން ސިޑިން މައްޗަށް އަރަން ފެށިއެވެ.

ޓެރޭސްއަށް އެރުނު އިރު އަދީމް ތަންކޮޅެއް ދުރުގައި ދެޖީބަށް އަތް ޖަހައިގެން ފަހަތަށް އެނބުރި ހުއްޓެވެ. ޝަހާ މަޑުމަޑުންގޮސް އަދީމް އާ ދާދި ކައިރީގައި އޭނާގެ ފަހަތުގައި ހުއްޓުނެވެ.

" ކޮބާ ޖަވާބު.." ޝަހާ އައިކަން އިހުސާސްވެ އަދީމް އެހުރި ގޮތަށް ހުރެ ބުނެލިއެވެ. މުޅި މީހާ ފިނިވެފައިވާ ހާލު ޝަހާ ފުން ނޭވައެއް ދޫކޮށްލިއެވެ. ދުވަސްވީ ހިތުގެ ސިއްރު އަދީމްގެ ކުރިމަތީގައި ބަންޑުން ކޮށްލަންވީ ވަގުތު އައިސް ޖެހުނީއެވެ.

" ނޭނގެ.. ކޮންއިރަކު ކަމެއް.. ކިހިނެއް ކަމެއް...." ޝަހާ ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ އަޑުގައި ތުރތުރެއް ހުއްޓެވެ.

" އެނގެނީ ހަނދާން ހުންނަން ފެށީއްސުރެން އަހަރެންނަށް އަދީމް ވަރަށް ހާއްސަކަން.. ބޭނުންވީ އަބަދުވެސް އަދީމް ފެންނަ ފަށުގައި ހުންނަން.. އަބަދުމެ ހުންނަނީ އަދީމް ދެކޭހިތްވެފަ.. ހިތުގައި ހިނގަމުން ދިޔަ އާދަޔާ ހިލާފު ޖަޒުބާތަށް ކިޔަނީ ލޯބިކަން އެނގުނު ހިނދު އެއިހުސާސް ވަރުގަދަވެގެން ދިޔަ.. އާނ! އަހަރެން އަދީމް ދެކެ ވަރަށް ލޯބިވޭ.. ވަރަށް ވަރަށް ލޯބިވޭ! މިވީހާ ދުވަހު އަހަރެން އިންތިޒާރު ކުރަމުން މިދިޔައީ އަދީމް އެނބުރި ރަށައް އަންނާނެ ދުވަހަކަށް.. މިހުރިހާ ދުވަސްވީއިރުވެސް އެފަދަ ނަޒަރަކުން އަހަރެން އެއްވެސް ފިރިހެނަކާ ދިމާލަށް ބަލައިވެސް ނުލަން.. ހަމަ އެކަނި އަދީމަށްޓަކައި.. " ޝަހާ އިސްޖަހައިގެން ހުރެ ކިޔައިލިއެވެ. އަދީމް ޝަހާއާ ދިމާލަށް އެނބުރުނު އިރު އޭނާގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ.

" ދެން ؟" ޝަހާ ލަދުގަންނަވައިލުމުގެ މަޤްސަދުގައި އަދީމް އަހައިލިއެވެ. އަދީމް ބަލަހައްޓައިގެން ހުރި ގޮތުން އިތުރަށް އެންމެ ބަހެއް ކިޔާކަށްވެސް ޝަހާއަކަށް ނުކެރުނެވެ. އަދީމްގެ އެބެލުމުގެ ސަބަބުން ޝަހާ ލަދުން ވިރެމުން ދިޔައެވެ. އެތާ ހުންނަން އުނދަގޫވެ އެނބުރި ދާން އުޅުނު ހިނދު އަދީމް ޝަހާގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ. ފުންނޭވައި ތަކެއް ލަމުން ދިޔަ ޝަހާގެ ހިތް ރޯމަހެއް ހެން ތެޅެމުން ދިޔައެވެ.

" އަދީމް ޕްލިޒް..." އާދޭހުގެ ރާގެއްގައި ޝަހާ ބުންޏެވެ. ޝަހާގެ އަތުގައި ހިފައިގެން ހުރެ އަދީމް ފުރަގަހުން ޝަހާއާ ގާތްވެލިއެވެ. މަޑުމަޑުން ޝަހާގެ ކަންފަތާ އޭނާގެ މޫނު ކައިރިކޮށްލިއެވެ. އަދީމްގެ ހޫނު ނޭވާ ޝަހާގެ ކަނދުރާއަށް އެޅުނު ހިނދު ޝަހާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދެލޯ މަރާ ތަގުޅި ކޮށްލެވުނީ ބޭއިޙްތިޔާރުގައެވެ.

" މެރީ މީ ޝަހާ...." ވަރަށް ސިއްރުން އަދީމް ބުނެލި ވާހަކައިން ޝަހާގެ ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ.

-ނުނިމޭ-

Ads by Allied Insurance
  1. ގާލް

    ވާއު …..

  2. ސޭމް

    މޭން. ދިސް އިޒް ގުޑްޑްޑްޑްްް ️️️️️️️

    • މައެ

      ހަހަހަ ތެދުފުޅު ބަހެއް