Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރު ޔޫއޭއީއަށް

ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރު ޔޫއޭއީއަށް

ރާއްޖޭގައި ހުންނަ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު، ޔޫއޭއީގެ ސަފީރުކަމުގެ މަގާމަށް ހަމަޖައްސައިފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނި ގޮތުގައި ސަންޖޭ އެ މަގާމާ ވަރަށް އަވަހަށް ހަވާލުވެވަޑައިގަންނަވާނެއެވެ. ރާއްޖޭގެ ސަފީރުކަމާ އޭނާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 5ވަނަ ދުވަހުގައެވެ.

ރާއްޖޭގެ ސަފީރުކަމުން ޔޫއޭއީގެ ސަފީރުކަމަށް ސަންޖޭ ބަދަލުކޮށް އިންޑިއާއިން ވަނީ އައު ސަފީރެއް ރާއްޖެއަށް ހަމަޖައްސައިފައެވެ. އައު ސަފީރުކަމަށް އައްޔަން ކުރަން ނިންމައިފައި ވަނީ މިހާރު އިންޑިއާއިން އޮމާނަށް ކަނޑައަޅައިފައި ހުންނެވި ސަފީރު މުނޫ މަހާވަރެވެ.

Advertisement
Ooredoo — Truecaller (box)

މުނޫ މަހާވަރު އެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ތާރީހެއް އަދި ނުބުނެއެވެ. ނަމަވެސް ވަރަށް އަވަހަށް އޭނާ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

މި ސަރުކާރު އައި ފަހުން ރާއްޖެއާ އިންޑިއާގެ ގުޅުން ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން އެކި މަޝްރޫޢުތަކުގައި ވެސް އިންޑިއާއިން އަންނަނީ ރާއްޖެއަށް އެހީވަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް