ކަނޑު ގަދަ ވާނެ ކަމުގެ އިންޒާރާއެކު ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

ރާއްޖެއަށް މިދުވަސްކޮޅު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މި ސަރަހައްދުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 19 މޭލާއި 24 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރުފަހު 2:30އިން މިރޭ 8:30އަށެވެ.