ހަތަރު އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ދޫކޮށްލައިފި

މާލޭގެ ސްކޫލެއްގައި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. އެ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބަހައްޓަން ޖެހޭކަމަށް ނުފެންނަ ކަމަށް ޕީޖީ އޮފީހުން ލަފާދީފައިވާތީ އޭނާ ދޫކޮށްލައިފައިވާ ކަމަށެވެ.
ހަތަރު އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވެނީ އެ ސްކޫލުގެ މަސައްކަތު މީހެއްގެ ފަރާތުންނެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ވަނީ، މައްސަލައިގައި މީހަކު ހައްޔަރު ނުކުރާތީ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ޖިންސީ ގޯނާގެ މި މައްސަލައާ ގުޅިގެން، ދަރިވަރުން ފާޚާނާއަށް ފޮނުވުމުގައި، ހަވާލު ކުރާ ފަރާތް އެނގޭނެ ފަދަ ގޮތަކަށް ކަންތައް ކުރުމަށް އެޑިއުކޭޝަނުން މިއަދު ސްކޫލުތަކަށް ވަނީ އަންގައިފައެވެ. މީގެ އިތުރުން ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވި ސްކޫލުގެ ހުރިހާ ، މަސައްކަތު މީހުން ވަނީ މަޤާމުގެ މަސްއޫލިއްޔަތުން ދުރުކޮށް، ސްކޫލުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމައިފައެވެ.





.webp)

ކޮމެންޓް