Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރާއްޖެއަށް މިހާރު "ސަޕްރައިޒް" ހަމަލާއެއް ދިނުމަކީ ވަރަށް ނާދިރު ކަމެއް: މާރިޔާ

ރާއްޖެއަށް މިހާރު "ސަޕްރައިޒް" ހަމަލާއެއް ދިނުމަކީ ވަރަށް ނާދިރު ކަމެއް: މާރިޔާ

ރާއްޖެއަށް މިހާރު "ސަޕްރައިޒް" ހަމަލާއެއް ދިނުމަކީ ވަރަށް ނާދިރު ކަމެއް ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މިއަދު މިނިސްޓަރ މާރިޔާ ވިދާޅުވީ މިހާރު ރާއްޖޭގައި އޮތީ ވަރަށް އިލްމީ އަދި ގާބިލް އަސްކަރީ ފައުޖެއް ކަމަށާއި، 3 ނޮވެމްބަރު 1988ގައި ރާއްޖެއަށް ދިން ފަދަ އުދުވާނީ ހަމަލާއެއް ދިނުމަށް މިހާރު ވަރަށް އުނދަގޫވާނެ ކަމަށެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ އެމެރިކާގެ ޓުވިން ޓަވަރަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ހުރިހާ ގައުމުތަކުން ވެސް ޓްރާންސްނޭޝަނަލް ޓެރަރިޒަމަށް ފާރައަށް ތިބޭ ކަމަށެވެ. އަދި މިހާރު ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުން ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވައިފައިވެއެވެ.

Advertisement
Ooredoo — Square (box)

"ވަކިވަކި ފައުޖު އެބަތިބި ހަމަ ސީދާ ޓެރަރިޒަމް ރެސްޕޯންސަށް ތައްޔާރުވެގެން، މިސާލަކަށް ސްޕެޝަލް ފޯސަސް. އެއީ ބޭރުގެ ބޭފުޅުން ވަޑައިގެން ތަމްރީނު ކުރައްވާފައިވާ ބޭފުޅުން" މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖޭގެ ސަލާމަތަށް ޓަކައި މިހާރު ސިފައިން އުޅަނދުތައް ޓްރެކްކޮށް، ސެޓެލައިޓް އިމޭޖަރީ ވެސް ބޭނުން ކުރާ ކަމަށެވެ. އަދި ރާއްޖޭގެ 10 ތަނެއްގައި ރާޑަރު އެބަހުރި ކަމަށާއި ރާއްޖެއަށް ވަންނަ މައި ކަނޑުއޮޅިތައް ކަވާކުރެވޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔޭގެ އެކިއެކި މެރިޓައިމް ފިއުޝަން ސެންޓަރުތަކާއި ދިވެހި ކޯސްޓްގާޑާ ވަނީ ގުޅިފައި ކަމަށާއި އިންޑިއާގެ ފިއުޝަން ސެންޓަރުގައި ދިވެހި އޮފިސަރަކު އިންނަކަން ވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އަމިއްލައަށް ކަނޑުގެ ސަރަހައްދު ޕެޓްރޯލްކުރުން މިހާރު އިތުރުކުރެވިފައިވާ ކަމާއި އެކުވެރި ގައުމުތަކާ ގުޅިގެން ކަނޑާއި ވައިގެ މަގުން ޖޮއިންޓް ޕެޓްރޯލިން ކުރިއަށްދާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް