ޚަބަރު

ނަސްރުގެ ދުވަހުގެ ހަނދާންތައް އައު ކުރަން ޖެހެނީ، އެ ފަދަ ދުވަހެއް މެދުވެރިނުވުމުގެ އުންމީދުގައި: އެމްއާރްއެމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނަސްރުގެ ދުވަހުގެ ހަނދާންތައް އައު ކުރަން ޖެހެނީ، ދެން އެފަދަ ދުވަހެއް މެދުވެރިނުވުމުގެ އުންމީދުގައި ކަމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ބުނެފިއެވެ.

Ads by STELCO

ނަސްރުގެ ދުވަހާ ގުޅިގެން ތަހުނިޔާ ފޮނުވުމުގެ ގޮތުން އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮންމެ އަހަރަކު ވެސް މި ދުވަސް ހަނދާން އައުކުރަން މިޖެހެނީ، ދިވެހީންނަށް ދެން އެ ފަދަ ދުވަހެއް މެދުވެރި ނުވުމުގެ މަތިވެރި އުންމީދު އާކުރަމުން ކަމަށެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރ 3ގައި ރާއްޖެއަށް ކުރިމަތިވި ބަޣާވާތަކީ ދިވެހީންގެ މަދުބަޔަކާއި، ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތަކާ އެކުވެގެން ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއެއް ކަމަށާއި އެދުވަހުގެ ހަމަލާއަކީ ދިވެހި ތާރީޚުގައި މިހާތަނަށް ފާހަގަކުރެވޭ އެންމެ ބާރުގަދަ އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ޙަމަލާކަމުގައި ވެސް އެމްއާރްއެމްއިން ފާހަގަ ކޮށްފައިވެއެވެ.

އެ ހަމަލާ ސިފަކޮށްދެމުން އެމްއާރްއެމްއިން ބުނީ، އެ ދުވަހު 18 ވަރަކަށް ގަޑިއިރުވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްގެން ތިބީ ޤައުމުގެ އަދާވާތްތެރި ދުޝްމަނުން ކަމަށާއި އެބައިމީހުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމައްޗަށް ގެންދިއުމަށް ކަމަށެވެ.

އެދުވަހުގެ އެ ޙަމަލާގައި 19 ދިވެހިން ޝަހީދުވިއެވެ.

"ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާއާ ގުޅިގެން ދުނިޔޭގެ އެތައް ޤައުމެއް އޮތީ ދިވެހި ޤައުމާއި ރައްޔިތުން ހިމާޔަތްކޮށްދިނުމަށް ތައްޔާރަށެވެ. ދިވެހި ސަރުކާރު އެހީއަށް އެދުނު ޤައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ރާއްޖެއަށް އެހީ ފޯރުކޮށްދިނީ ރަހުމަތްތެރި އިންޑިއާ އިންނެވެ. މި ފުރުޞަތުގައި ވެސް އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް، ދިވެހި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރި ޝުކުރު ދަންނަވަމެވެ." ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްއިން ބުނެފައިވެއެވެ.

އަދި ހަމައެހެންމެ، އެ ދުވަހު ވަރަށް ގިނަ އިރުތަކެއް ވަންދެން ދިވެހިރާއްޖޭގެ ހިތްވަރުގަދަ ސިފައިން ޓެރަރިސްޓުންނާއި ހަގުރާމަކުރަމުން ގެންދިޔަ ކަމާއި ދުޝްމިނުންގެ ބަޑީގެ ވަޒަންތަކުން ދިވެހި ސިފައިންގެ 8 މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވިކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

ނަމަވެސް ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކުގައި ކަމަށާއި ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަސް ފާހަގަކުރާ މިއުފާވެރި މުނާސަބަތާ އަޅުގަނޑުމެން ކުރިމަތިލާއިރު، މިޤައުމުގައި އޮތް އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަން ދަމަހައްޓައި، ޤައުމަށް ދިމާވެދާނެ ނުރައްކާތަކުން ސަލަމާތްވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެމްއާރްއެމްއިން ވަނީ ގޮވައިލައިފައެވެ.

  1. ށަވޔަނި

    ރައީސްނަޝީދު ރައީސްމައުމޫނާ ދިމާލަށް އެދުވަހާ ގުޅިގެން ދެއްކި ހުރިހާ ވާހަކައެއް މިއަދު ހަނދުމަ ކޮށްފިއްޔާ މިދުވަސް ފާހަނގަވީ އެކަމަކުވެސް ކީއްކުރާނީ އެމްޑީޕީ ކުދިންގެ ގޮވެލިފަތި ދިޔައީ ޖައްވަށް ފަޒާއަށް ޖައްވަށް ފަޒާއަށް

  2. ބޮޑުވާޒީރު

    ނޮވެމްބަރ3ގެެ ވާހަދެއްކެވީީ އަމިއްލައައްް އެވަގުތުގެެ ބިރުވެރިކަމުންކަމާއިމެދަކުު އެއްސްް ޝައްކެއްނެތްމިންވަރަށްް ސާފުވެއްޖެެ މަނިކުފާނަކީީ އަމިއްލަަ އެދުންފިޔަވާާ އިތުރުު އެއްވެސްް ޚިޔާލެއްނެތް

  3. ތިވެސް ބާގީ މިވެސް ބާގީ ހުސް ވބާގީ