ލައިފްސްޓައިލް ލުއި ޚަބަރު

ފޭސްބުކްގެ ފޭޝަލް ރިކޮގްނިޝަން ފީޗަރ އުވައިލަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފޭސްބުކަށް އަޕްލޯޑު ކުރާ ފޮޓޯ އަދި ވީޑިއޯގައި ތިބީ ކޮންބައެއްކަން ދެނެގަތުމަށް ބޭނުން ކުރަމުންދިޔަ "ފޭޝަލް ރިކަގްނިޝަން ފީޗަރ" އުވައިލާން ނިންމައިފައިވާކަމަށް އެ ކުންފުނިން އިއުލާނު ކޮށްފިއެވެ.

Ads by MWSC

ފޭސްބުކްގެ މައި ކުންފުނި ކަމަށްވާ "މެޓާ"ގެ ވައިސް ޕްރެސިޑެންޓް އޮފް އާޓިފިޝަލް އިންޓެލިޖެންސް ޖެރޯމް ޕެސެންޓީ ބުނީ މި ފީޗަރ އުވައިލާން ނިންމީ ކުރިމަތިވަމުން ދިޔަ މައްސަލަތަކާ ގުޅިގެން ކަމަށެވެ. އޭނާ ބުނީ އެ ކުންފުނިން އަދިވެސް ދެކެނީ ފޭޝަލް ރިކޮގްނިޝަން ފީޗަރއަކީ ރަނގަޅު އަދި ވަރުގަދަ ފީޗަރއެއްގެ ގޮތުގައި ކަމަށާއި ނަމަވެސް ކޮންމެ ޓެކްނޮލޮޖީއެއްގައި ވެސް ފައިދާއާއި ކަންބޮޑުވުން އެކުލެވޭތީ، އެ ކުންފުނިން ނިންމީ އެ ފީޗަރ އުވައިލުމަކީ މިވަގުތު އޮތް އެންމެ ރަނގަޅު ގޮތް ކަމުގައެވެ.

ފޭސްބުކްގެ ފޭޝަލް ރިކޮގްނިޝަން ފީޗަރއަކީ 2010ވަނަ އަހަރުން ފެށިގެން ވުޖޫދަށް އައިސްފައިވާ ފީޗަރ އެކެވެ. ފޭސްބުކްއިން ކުރިން މައުލޫމާތު ދިން ގޮތުގައި މި ފީޗަރ ބޭނުން ކުރަން ފެށުނީ އެ އެޕްލިކޭޝަން ބޭނުން ކުރާ މީހުން އަވަހަށް ލޮގިން ވާން ފަސޭހައަކަށެވެ.

ނަމަވެސް އެ ފީޗަރ ގެ ސަބަބުން، ފާއިތުވީ އަހަރުތަކުގައި އެ ކުންފުންޏަށް ވަރަށް ގިނަ ބޮޑެތި ކުންފުނިތަކާ އެކު ދެބަސްވެ، ބަހުސް ކުރަން ޖެހުނު ކަމަށް މެޓާއިން ބުނެފައިވެއެވެ. އެގޮތުން އެންމެ ބޮޑަށް މީހުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެ ފީޗަރ ނަހަމަ ގޮތުގައި ބައެއް ކުންފުނިތަކުން ބޭނުން ކޮށްފާނެތީ ކަމަށް ވެސް ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!