Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ޑރ.ޝަހީމްގެ ޕްރީސުކޫލް، އެކަނިވެރި މައިންގެ ކުދިންނާއި ޔަތީމްކުދިންނަށް ކިޔެވުން ހިލޭ!

ޑރ.ޝަހީމްގެ ޕްރީސުކޫލް، އެކަނިވެރި މައިންގެ ކުދިންނާއި ޔަތީމްކުދިންނަށް ކިޔެވުން ހިލޭ!

މާލޭ ޕްރީ ސުކޫލެއް ކަމުގައިވާ ކޮއްކޮމެންގެ ޕްރީ ސުކޫލް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައްލަވައިގަންނަވައި އެ ޕްރީސުކޫލުން އެކަނިވެރި މައިންގެ ކުދިންނާއި ޔަތީމް ކުދިންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

"ކޮއްކޮމެން ޕްރީ ސްކޫލް އަޅުގަނޑު ގަނެފިން. އެތަން ވެގެންދާނީ ޒަމާނީ ތަޢުލީމާއި، ރިވެތި އަޚުލާޤާއި ތަރުބިޔަތުގެ ބަގީޗާއަކަށް އިންޝާ ﷲ" ކޮއްކޮމެން ޕްރީ ސުކޫލު ބައްލަވައި ގަންނަވަައި ކުރެއްވި ޓްވީޓެއްގައި ޝަހީމް ވިދާޅުވިއެވެ.

ކޮއްކޮމެން ޕްރީ ސުކޫލުން މިހާރު ވަނީ 2021-2022ވަނަ އަހަރަށް ކުދިން ވެއްދުމަށް ހުޅުވައިލައިފައެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/Mohamedshaheem1/status/1455564576888606722

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސްކޫލު އިދާރީ ގޮތުން ބަލަހައްޓަނީ، އިސްލާމީ ތައުލީމުން މާސްޓާސް ހާސިލްކޮށްފައިވާ ޝަހީމްގެ އެއްބަނޑުއެއްބަފާ ކޮއްކޮ، ޝިފާޔަތު އަލީއެވެ. ޝަހީމް ވިދާޅުވީ ކޮއްކޮ ސްކޫލް ހިންގަވާނީ އޭނާގެ އިރުޝާދުގެ ދަށުން ކަމަށެވެ.

މި ސުކޫލުގައި ޔަތީމު ކުދިންނަށް ހިލޭ ކިޔަވައިދެވޭނެ ކަމަށާއި އެކަނިވެރި މައިންގެ ދަރިންނަށް ވެސް ހިލޭ ކިޔެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އިސްލާމީ ތައުލީމަށް ހާއްސަކޮށް ޝަހީމް ކުރިއަށް ގެންދަވާ 'އިލްމް އިންސްޓިޓިއުޓް'ގެ ގުރުއާނާއި އަރަބި ބަހާ ގުޅޭ ހުރިހާ ޕްރޮގްރާމެއްގައި މި ޕްރީ ސްކޫލުގެ ދަރިވަރުންނަށް ހިލޭ ބައިވެރިވެވޭނެކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް