ޚަބަރު

އައްޑަނަ މަޖައްލާގެ 30 ވަނަ އަދަދު ނެރެފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑަނަ މަޖައްލާގެ 30 ވަނަ ޢަދަދު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ މިއަދު ނެރެދެއްވައިފިއެވެ.

Ads by MWSC

މިފަހަރުގެ މަޖައްލާގައި ޤައުމީ، އިޖްތިމާޢީ، ދީނީ، ސިއްޙީ، ތާރީޚާއި، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ރާއްޖޭގެ ފުންނާބު އުސް ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވައިފައިވާ ޢިލްމީ ލިޔުންތަކާއި ދިރާސާތައް ހިމެނިފައިވެއެވެ.

މި މަޖައްލާ ނެރެދެއްވީ، 33 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ކަޅުތުއްކަލާކޮށީގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

މިމަޖައްލާގެ އެޑިޓޯރިއަލް ބިނާކުރެވިފައި ވަނީ "ނަޞްރުގެ ދުވަސް ބައްދަލުކުރާހިނދު.." މިމައުޟޫގެ މައްޗަށެވެ. މަޖައްލާގެ ކަވަރ ސްޓޯރީއަކީ، "ފަޚުރުވެރި ސިފައިން"އެވެ.

ނަސްރުގެ ދުވަހުގެ ގޮތުގައި 3 ނޮވެމްބަރު ފާހަގަކުރަން ފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެންނެވެ. ދިވެހިން ނަސްރުގެ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމާއި، ދިވެހިރައްޔިތުންގެ މިނިވަންކަމާ ދެކޮޅަށް ބަޔަކު ދިން ނުރައްކާތެރި ބިރުވެރި ޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުންނަށް ނަޞްރު ލިބުން ފާހަގަކުރުމަށް ޓަކައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!