ބޮލީވުޑް މުނިފޫހިފިލުވުން

އާރްޔާން ޖަލުން ސަލާމަތްކުރަން ޝާހު 50 ލައްކަ ރުޕީސް ދިން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޝާހުގެ ދޮށީ ދަރިފުޅު އާރްޔާން ހާން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހުރުކް ހާންގެ ދޮށީ ދަރިފުޅު އާރްޔާން ހާން ޖަލަށް ލިޔަ ނުދީ ސަލާމަތްކުރަން ޝާހު 50 ލައްކަ ރުޕީސްގެ ރިޝްވަތު ދިންކަން މީޑިއާގައި ހާމަވެއްޖެއެވެ.

Ads by Hajj Corporation

ބޮލީވުޑް ޚަބަރުތައް ގެނަސްދޭ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މިފައިސާ ދިނީ ކޭޕީ ގޯސަވީ ކިޔާ މީހަކަށެވެ. ޝާހުގެ ފަރާތުން އެ ފައިސާ ދިނީ މެނޭޖަރު ޕޫޖާ ދަދްލާނީ މެދުވެރިކޮށެވެ.

މީޑިއާއަށް މިވާހަކަ ތިލަކުރީ ސޭމް ޑިސޫޒާ ނަމަކަށް ކިޔާ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާރްޔާން ހައްޔަރު ކުރުމުން އޭނާގެ ފަރާތުން ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުމުގައި ވެސް ސޭމް ވަނީ އެ ވާހަކަ ބުނެފައެވެ.

ސޭމް ބުނީ ޕޫޖާ އެ ފައިސާ ގޯސަވީ އަތަށް ދިނީ އާރްޔާން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ހައްޔަރުކޮށް، ޖަލަށް ލުމުގެ ކުރިންނެވެ. އަދި އެފައިސާ ދިނީ ޖަލަށް ނުލައި އޭނާ ގޭގައި ބަހައްޓައިގެން މައްސަލަ ބަލާ ގޮތަށެވެ. ފައިސާ ނެގުމަށް ފަހު ވެސް ގޯސަވީ އާރްޔާން ހައްޔަރުން ދޫކޮށް ނުލުމުން އަލުން ފައިސާ ދިނުމަށް ޝާހުގެ ފަރާތުން ޑިމާންޑު ކުރިކަމަށްވެއެވެ. ސޭމް ބުނި ގޮތުގައި 38 ލައްކަ ރުޕީޒް އަނބުރާ ޕޫޖާއާ ވަނީ ހަވާލު ކޮށްފައެވެ.

އާރްޔާން ޖަލުން ދޫކޮށްލީ ބަންދުގައި ހުންނަތާ ގާތްގަނޑަކަށް 3 ހަފްތާ ފަހުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޖަލުން އޭނާ ގެއަށް ދޫކޮށްލީ އެންސީބީގެ ޒޯނަލް ޑިރެކްޓަރު ސަމީރު ވަންކެޑޭއަށް ރިޝްވަތު ދީގެންނެވެ. އެ ގޮތުން 8 ކްރޯރް ރުޕީސް ސަމީރަށް ދިން ކަމަށް ތުހުމަތު ކުރެވެއެވެ. އޭނާގެ އިތުރުން ވެސް އެންސީބީގެ އެހެން ބައެއް އިސް ވެރިންނަށް ޝާހު ވަނީ 25 ކްރޯރް ރުޕީސް ދީފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!