Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތަހުގީގަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީއާއި އާއިލާއަށް ވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން، ތަހުގީގަށް އެމީހާ ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހޯދަން އިއުލާނު ކޮށްފައިވަނީ މާލެ/ ހ. ވެލަސްފަރުގެ، އަޙްމަދު ޝާމިން (38އ) އެވެ.

Advertisement
Allied Insurance — Square (box)

އޭނާ ހާޒިރު ކުރަނީ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށާއި މައުލޫމާތު ސާފުކުރުމަށް ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ޝާމިން ހާޒިރުވާން ޖެހެނީ 15 ނޮވެމްބަރު 2021 ވަނަ ދުވަހުގެ 12:00 އަށް،  ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން  ނުވަތަ ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް