ޚަބަރު ސަރުކާރު

ނަތީޖާ ދަށް ސްކޫލުތައް ފާހަގަކޮށް ހާއްސަ ޕްރޮގްރާމެއް ހިންގަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މިނިސްޓަރު ޑރ. އައިޝަތު އަލީ

ރާއްޖޭގެ ސްކޫލުތަކުގެ ތެރެއިން ނަތީޖާ ދަށް ސްކޫލުތައް ފާހަގަކޮށް "ސްކޫލު ވެހިކުރުމުގެ" ނަމުގައި ހާއްސަ ޕްރޮގުރާމެއް ފަށައި ކުރިއަށް އެބަގެންދެއެވެ.

Ads by MWSC

މި ޕްރޮގުރާމަކީ ނަތީޖާ ދަށް ސްކޫލުތަކުގައި މަސައްކަތް ކުރާ މުދައްރިސުންގެ ފެންވަރު މަތިކުރުމުގެ ބޭނުމުގައާއި ދަރިވަރުންގެ ލިޓްރެސީ އަދި ނިއުމެރެސީ ރަނގަޅުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ސަރުކާރުގެ ތައުލީމީ ސިޔާސަތު ބައްޓަން ކުރެވިފައިވާ ގޮތުން ހަމައެކަނި ދަރިވަރުންގެ ނަތީޖާއަށް ފޯކަސް ނުކުރާކަމަށެވެ. އޭގެ އިތުރުން ދަރިވަރުންގެ ކިބައިގައި ބަހުގެ އިލްމާއި، ނަމްބަރުގެ އިލްމު ވެސް ކޮންމެ ދަރިވަރެއްގެ ކިބައިގައި އަށަގެންނެވުމާއެކު ހުނަރުތަކެއް ދަސްކޮށްދިނުމަށް ބޮޑު އިސްކަމެއް ދޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ ދަރިވަރުން ގައިގަ ހުނަރުތަކަކާ އަދި އެކުދިން ގައިގަ އިލްމުތަކެއް އަށަގެންނުވޭތޯ. އެގޮތުން ވަރަށް ބޮޑަށް މިނިސްޓްރީން ފޯކަސް ކުރަން މިހާރު ލިޓްރެސީ އެންޑް ނިއުމެރެސީ މިބައި ދަރިވަރުންނަށް ރަނގަޅަށް ކިޔަވާދޭން" މިނިސްޓަރު ވިދާޅުވިއެވެ.

ކޮންމެ ދަރިވަރަކަށް ވެސް އިނގިރޭސި، ދިވެހި، ހިސާބު އަދި އިސްލާމް މި މާއްދާތަކަކީ މަޖުބޫރު މާއްދާތަކަކަށް ހަދާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރިން ތައުލީމީ ގޮތުން ދަށް ކުދިން ފުރާނާލައި އެކުދިންނަށް ހަމައެކަނި ވޮކޭޝަނަލް ޓްރެއިނިންތައް ކުރިއަށް ގެންދިޔަ އުސޫލު މިހާރު ބަދަލުކޮށްފައިވާކަމަށެވެ.

ދިރިއުޅުމެއްގައި ރަނގަޅަށް ކާމިޔާބު ކަމާ އެކު ކުރިއަށް ދިޔުމަށް ކޮންމެ ކުއްޖަކަށް ވެސް އެކެޑެމިކް ބައި ބޭނުންވާކަމަށް މިނިސްޓަރު އައިޝަތު ވިދާޅުވިއެވެ. އެހެންކަމުން މިނިސްޓްރީން މަސައްކަތް ކުރަނީ ހުރިހާ ދަރިވަރުންގެ ފެންވަރު މަތިކުރަންކަމަށް ވެސް ވިދާޅުވިއެވެ.

Ads by Ooredoo
  1. ސެއްޅި

    އަޅުގަނޑުގެ ދިރާސާއިން ދައްކަނީ ކުދިންގެ ފެންވަރު ދަށްވަނީ ޓީޗަރުން ދަށްވެގެން . ނުވަތަ ކިޔަވައި ދިނުމުގައި އެކަމުގެ ހުނަރުވެރިކަން ދަށްވުމުގެ ސަބަބުން……35 ކުދިން ނުވަތަ ސާޅީސް ކުދިން އެއް ކުލާހެއްގަ ތިބޭއިރު ތިންބައިކުޅަ ދެބައި ކުދިން އެމާއްދާ އަކުން ފާސް ނުވާނަމަ އެއީ އެޓީޗަރުގެ މަސްއަލައެއް.އެކަމަކު އެހެން ހުރިހާ މާއްދާއަކުން ކުލާހުގެ ދެތިން ހަތަރު ކުދިން ފިޔަވައި އެހެން ކުދިން އޭޕުލަސް އެހެން ވެއްޖެ ނަމަ ފާސްނުވާ ކުދިންނަކީ އެކުދިންނާ ބެލެނިވެރިންގެ މައްސަލަ ހުރި ކުދިން.

  2. ކެލާ އަޙުމަދު ވަޙީދު ޢަލީ

    ކުލާހެއްގަ 35 ނުވަތަ 40 ދަރިވަރުންނޭ ތޯ؟
    ތިޔައީ ހާދަ ވަރުގަދަ ދިރާސާއެކެވެ.