ދުނިޔެ

މަތިންދާބޯޓެއް ވެއްޓި، ލަވަކިޔުންތެރިޔާ މެރީލިއާ މަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދަތުރުކުރި މަތިންދާބޯޓެއް ވެއްޓި ބްރެޒިލްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މެރީލިއާ މެންޑޮންކާ މަރުވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާ ގޮތުގައި އުމުރުން 26އަހަރުގެ މެރީލިއާ ދަތުރުކުރި މަތިންދާބޯޓު ވެއްޓުނީ މިނާސް ގެރައިސް ސްޓޭޓުގެ ހަނަފަސް ބިމަކަށެވެ.

އިއްޔެ ހިނގި މި ހާދިސާގައި މެރީލިއާއާ އެކު އެ ފްލައިޓުގައި އޭނާގެ ބޮޑުބޭބެއާއި ޕްރޮޑިއުސަރ އަދި އިތުރު ދެ ކްރޫ މެމްބަރުން ވެސް ދަތުރުކުރިއެވެ. މި އެންމެން ވެސް ވަނީ މި ހާދިސާގައި މަރުވެފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މަތިންދާބޯޓު ވެއްޓެން ދިމާވި ސަބަބު ދެނެގަނެވޭތޯ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބޭރުގެ ރިޕޯޓުތަކުން ބުނެއެވެ.

މެރީލިއާ އެންމެ މަޝްހޫރުވެފައި ވަނީ ނާކާމިޔާބު ދިރިއުޅުންތަކަކަށް ފަހު ވެސް، ހިތްވަރާއެކު ގަދަ އަޅާ މަސައްކަތް ކުރި ހީވާގި އަންހެނެއްގެ ވެސް ގޮތުގައެވެ. އެގޮތުން އޭނާއަށް 2019 ވަނަ އަހަރު ވަނީ ލެޓިން ގްރެމީ އެވޯޑު ވެސް ލިބިފައެވެ.

މެރީލިއާ އޭނާގެ ލަޔަކިޔުމުގެ ކެރިއަރު ފަށައިފައި ވަނީ ފުރާވަރު އުމުރުގައެވެ. އަދި 2016ވަނަ އަހަރު އޭނާގެ ނަން ވަނީ މުޅި ބްރެޒިލްގައި ވެސް ފަވައިލެވިފައެވެ. މެރީލިއާގެ ދިރިއުޅުމަށް ބިނާކޮށް މީހުން ވަނީ އޭނާއަށް "ކުއީން އޮފް ސަފަރިންގް"ގެ ލަގަބު ވެސް ދީފައެވެ.

ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރު ކޮންސެޓުތަކާ ޝޯތައް ކެންސަލުވުމުން، މެރީލިއާ ވަނީ އޮންލައިންކޮށް ބައެއް ޝޯތައް ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރެއިން އެއް ޝޯއަށް ވަނީ 3.3 މިލިއަން ވިއޫސް ޔޫޓިއުބްގެ ލައިވް ސްޓްރީމުން ލިބި، ރިކޯޑެއް ގާއިމު ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!