ޚަބަރު ސިޔާސީ

ސިވިލް ސާވިސް ގަވާއިދު އިސްލާހު ކުރަން އާދަމް ޝަރީފު ގޮވައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު.. ދެން އިމޭޖްސް

ސިވިލް ސާވިސް ގަވައިދު 2014 އަލުން އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ގޮވައިލައްވައިފިއެވެ.

Ads by MWSC

އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު މިހެން ގޮވާލައްވައިފައި ވަނީ ސިވިލް ސާވިސްގެ ގަވައިދުގެ ޗެޕްޓަރު 28 ގެ 272 ވަނަ މާއްދާއަށް ބަދަލު ގެނެސް ވަޒީފާއިން ބޭރުގައި ވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރި ވެއްޖެ ނަމަ ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓް ކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ މިސްރާބު ހުރީ ސިވިސް ސާވެންޓުންނަށް ބިރު ދައްކައި ސިވިލް ރައިޓްސްއިން މަހުރޫމް ކުރުމަށް ކަމަށެވެ.

"ސިޔާސީ ކަންކަމުގައި ބައިވެރިވުމުން ވަޒީފާ ގެއްލޭގޮތައް ގަވައިދު ބަދަލު ކުރުމަކީ ޑިމޮކުރަސީއާއި ބީރައްޓެހި ނާތަހުޒީބު އަމަލެއް. އަލުން އިސްލާހު ކުރަން ގޮވާލަން" މަޑުއްވަރީ ދާއިރާގެ މެމްބަރު ގޮވައިލެއްވިއެވެ.

ސިވިލް ސާވިސް ގަވައިދު 2014ގެ ޗެޕްޓަރު 28 ގެ 272 ވަނަ މާއްދާ (ހ)ގައި ބުނެފައި ވަނީ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުން ވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށެވެ.

Ads by Ooredoo
  1. ދޯރި

    ރަސްމީ މަސައްކަތެއްގަ އުޅޭއިރު ސިޔާސީ ހަރަކާތެއްގަ ބަައިވެރި ނުވޭގޮތައް އޮތުމުން ކޮބާ މައްސަލައަކީ. ރަަސްމީ މަސައްކަތުގަ އުޅޭއިރު ކޮންސަންޓްރޭޓް ކުރަންޖެހޭނީ މަސައްކަތައް. އެނޫން ވަގުތު ތަކުގަ ސިޔާސީ ކަންކަމުގަ އުޅުމަށް ހުރަހެއް ނެތް.

  2. ދިވެހި ރައްޔިތުން

    ނުރަސްމީ އަދި ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ އެހެން ނަމަވެސް، މަސައްކަތު ވަގުތު ނޫން ވަގުތުތަކުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް އެއްވެސް ހުރަހެެއް ނޯންނާނެއެވެ