އެމެރިކާ

މިއުޒިކް ޝޯއެއްގެ ފޯރި ގަދަވެ، ތާށިވެގެން އަށް މީހަކު މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހުކުރު ދުވަހު އެސްޓްރޮވޯލްޑް މިއުޒިކް ފެސްޓިވަލްގައި 8 މީހުންވަނީ މަރުވެފައި

އެމެރިކާގެ ޓެކްސަސް ސްޓޭޓުގައި ބޭއްވި މިއުޒިކް ފެސްޓިވަލެއްގައި ތާށިވެގެން އަށް މީހުން މަރުވެއްޖެ ކަމަށް އެމެރިކާގެ އިމަޖެންސީ ރެސްޕޮންސް ޓީމުން ވިދާޅުވެއްޖެއެވެ.

ހިއުސްޓަން ސިޓީގެ ފަޔަރ ޗީފް ސައީމް ޕެނާ ވަނީ ހުކުރު ދުވަހުގެ ރޭ އެސްޓްރޮވޯލްޑް ފެސްޓިވަލްގައި ބަޔަކު މަރުވިކަން ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް މަރުވެފައި ވަނީ ކިތައް މީހުން ކަމެއް ޔަގީން ނޫން ކަމަށާއި އަށް މީހުން ޔަޤީނުން ވެސް މަރުވެފައިވާ ކަމަށާއި އަދި އިތުރު އެތައް ސަތޭކަ މީހުން ޒަޚަމްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގައިފައި ވަނީ ރެޕް އާޓިސްޓް ޓްރެވިސް ސްކޮޓްގެ ޕާފޯމެންސެއްގެ ތެރެއިންނެވެ.

ޕެނާ ވިދާޅުވީ މިހާދިސާ ހިނގީ ވަށައިގެން އާންމުން ޖަމާވާން ފެށި ހިސާބުން، ނޭވާ ނުލެވިގެން ބައެއް މީހުން ހޭނެތުމުން ކަމަށެވެ. އަދި ހޭނެތުނު މީހުންގެ ގަޔަށް ދެން ތިބި މީހުންގެ ފައިން އެރި، ޒަޚަމް ލިބި ބައެއް މީހުން މަރުވި ކަމަށް ޕެނާ ވިދާޅުވިއެވެ.

"ކުއްލިއަކަށް އަޅުގަނޑުމެންނަށް ފެނުނީ އެތައް ބަޔަކު ބިންމައްޗަށް ވެއްޓުނު ތަން ބެލެވެނީ ކޮންމެ ވެސް ބާވަތެއްގެ ކާޑިއެކް އެރެސްޓް ނުވަތަ ކޮންމެވެސް ބާވަތެއްގެ މެޑިކަލް ކަމެއް ހެން،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ޕެނާ ވިދާޅުވީ، އޮފިޝަލުން 17 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އޭގެ ތެރޭގައި ކާޑިއެކް އެރެސްޓްގައި ތިބި 11 މީހުން ވެސް ހިމެނޭ ކަމަށެވެ. އަދި ފީލްޑް ހޮސްޕިޓަލެއް ގާއިމްކޮށްފައިވާ އެންއާރްޖީ ޕާކްގައި ވެސް ގިނަ ބަޔަކަށް ފަރުވާ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 75 މިނެޓަށް ދެމިގެން ދިޔަ މި ޝޯގެ ތެރެއިން، ސްކޮޓް ވަނީ އެތައް ފަހަރެއްގެ މަތިން ލަވަ ހުއްޓައިލާ، ބައެއް މީހުން ވެއްޓިފައިވާ ކަމަށް ބުނެފައެވެ. އަދި އެމީހުން ތިބީ ރަނގަޅަށްތޯ ޔަގީންކޮށް، އެއްވެ ތިބި މީހުންގެ ތެރެއިން އެމީހުންނަށް އެހީތެރިވުމަށް ސެކިއުރިޓީން ކިބައިން އޭނާ އެދުނެވެ. އިމަޖެންސީ ވެހިކަލްތަކާއި ލައިޓްތަކާއި އެލާމްތައް ދިއްލައިލައި، އެތައް ފަހަރަކު މީހުންތައް ސްޓޭޖް ކައިރިން ދުރުކުރަން ރޭގެ ފެސްޓިވަލް ތެރެއިން މަސައްކަތް ކުރިއެވެ.

މި ހަރަކާތަކީ ދެ ރޭ ވަންދެން ކުރިޔަށް ގެންދަން ގަސްތުކުރި ހަރަކާތެކެވެ. އަދި މި ހަރަކާތުގައި ޑްރޭކް، ޔަންގް ތުގް، ޓަމޭ އިމްޕާލާ، އަދި އާރތް، ވިންޑް އެންޑް ފަޔަރ ފަދަ އާޓިސްޓުން ޕާފޯމް ކުރާ ގޮތަށް ކުރިން އޮތެވެ. ނަމަވެސް، މި މަރުތަކާ ގުޅިގެން ދެވަނަ ރޭގެ ޝޯތައް ކެންސަލްކޮށްފައިވާއިރު، މިކަން ފުލުހުންދަނީ ތަޙްޤީޤް ކުރަމުންނެވެ.

Ads by HDC
  1. ށަވިޔަނި

    ނުބައިކަންކަމުގައި ދެވިހިފާފަ ތިބިވަރު ވިސްނާލާ މަރުވެ އެދަނީ ކޮންފަދަ ގޮތަކަށް. ﷲގެ ރުއްސެވުން ލިބޭތޯ މަސައްކަތް ކުރުން މާބުއްދިވެރި މިފަދަ ސުންޕާ ކަންކަމުން ދުރުހެލިވެ ﷲގެމަގަށް ރުޖޫޢަވަމާ