ކުޅިވަރު

ލަންކާ މުބާރާތުގެ ޗީފް ގެސްޓަކަށް ރައީސް ޞާލިޙް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވަށްޓެރި ޝްރީ ލަންކާގައި މާދަމާ ފަށާ ރާޖަޕަކްސަ އިންވިޓޭޝަނަލް ފޯ ނޭޝަންސް މުބާރާތުގެ ޗީފް ގެސްޓަކަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މާދަމާ ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަ ޖެހިއްޖެއެވެ.

Ads by STELCO

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްއަޒީޒް މިކަމާ ގުޅޭ ގޮތުން މިރޭ ވިދާޅުވީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާގެ ދައުވަތަކަށް، ފޯނޭޝަންސް ކަޕުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ޗީފް ގެސްޓަކަށް ރައީސް ޞާލިޙް މާދަމާ ލަންކާއަށް ވަޑައިގަންނަވާނެ ކަމަށެވެ.

މާދަމާ ފަށާ އެ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރަނީ ބަނގްލަދޭޝްއާ ސީޝެލްސްއެވެ.

ފޯ ނޭޝަނަސް ކަޕްގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. ގާތްގަނޑަކަށް މަހެއްހާ ދުވަސް ތެރޭގައި މިއީ ރާއްޖޭގެ ޤައުމީ ޓީމުން ލަންކާއާ ދެކޮޅަށް ކުޅޭ ދެވަނަ މެޗެވެ. މިދިޔަ މަހު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވެސް ލަންކާއާ ރާއްޖެ ވާދަ ކުރިއެވެ. އެ މެޗު 1-0 އިން ކާމިޔާބު ކުރީ ރާއްޖެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!