ކުޅިވަރު ފުޓްބޯޅަ

އުރީދޫއާއި ޔޫތު މިނިސްޓްރީ ގުޅިގެން މާދަމާ ރޭގެ މެޗު ބޮޑު ސްކްރީންތަކުގައި އަޅުވަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
2013 ވަނަ އަހަރު ސާފްޗެންޕިއަންޝިޕްގެ ތެރެއިން

އަވަށްޓެރި ޝްރީ ލަންކާގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕް"ގައި މާދަމާ ރޭ ކުޅޭ މެޗު، އުރީދޫއާއި ޔޫތު މިނިސްޓްރީ ގުޅިގެން ބޮޑު ސްކްރީންތަކުގައި އަަޅުވަން ނިންމައިފިއެވެ.

Ads by STELCO

އެ މުބާރާތުގައި މާދަމާ ރޭ ލަންކާގެ ޓީމާ ވާދަ ކުރަނީ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމެވެ.

ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޫތު މިނިސްޓްރީއާއި އުރީދޫ މޯލްޑިވްސްއިން ގުޅިގެން، މާދަމާރޭ ރާއްޖެއާއި ލަންކާ ކުޅޭ މެޗު ކާނިވާ ސަރަހައްދާއި ޒުވާނުންގެ މަރުކަޒުގެ ބޮޑު ސްކްރީނުން ދައްކާގޮތަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

މިކަން ހަމަޖެއްސުމަށް ސިޓީ ކައުންސިލުން ދެއްވި އެއްބާރުލުމަށް ވެސް މިނިސްޓަރ މަޙްލޫފް ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.

ގާތްގަނޑަކަށް މަހެއްހާ ދުވަސް ތެރޭގައި މިއީ ރާއްޖޭގެ ޤައުމީ ޓީމުން ލަންކާއާ ދެކޮޅަށް ކުޅޭ ދެވަނަ މެޗެވެ. މިދިޔަ މަހު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވެސް ލަންކާއާ ރާއްޖެ ވާދަ ކުރިއެވެ. އެ މެޗު 0-1އިން ކާމިޔާބު ކުރީ ރާއްޖެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!