ޚަބަރު

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދިޔަ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން 100 ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު މިއަދު އިތުރުކޮށްފިއެވެ.

Ads by STELCO

ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރީ ނ. ވެލިދޫ / ބީޗްހެވެން، ޖުމާން މުސްތަފާ (19އ.) އާއި، ލ. ކަލައިދޫ _ މުހައްމަދު އަހްމަދު (34އ)އެވެ. އެ ދެ މީހުންގެ ބަންދަށް ތިންވަނަ ފަހަރަށް ކްރިމިނަލް ކޯޓުން މިއަދު ދީފައި ވަނީ ފަސް ދުވަހެވެ. ކުރިން ދެ ފަހަރު އެ ދެ މީހުންގެ ބަންދަށް ޖެހީ 15 ދުވަހެވެ.

މިމައްސަލައިގެ ތަހުގީގަށް ބައެއް މީހުން ދީފައިވާ ބަޔާންތަކާ ހަވާލާދީ ގާޒީ އާދަމް މުހައްމަދު މިއަދު ނެރުއްވި އަމުރުގައިވާ ގޮތުން 100 ކިލޯގެ ޑްރަގްސް ހޯދުމަށް ޖުމާންއާއި މުހައްމަދު އަހްމަދު ވަނީ ސަފާރީއެއްގައި ދިގު ދަތުރެއް ކުރުމަށް ފަހު ކަނޑުމަތިން ރާއްޖެއިން ބޭރުގެ ބޯޓަކާ ކައިރިކޮށް ގޯނިތަކެއް ސަފާރީއަށް އަރުވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!